މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމަށް ސިނާން އަލީ އައްޔަންކޮށްފި އެވެ.
އެމްޓީސީސީގެ ބައެއް އޮފިޝަލުން ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ބޯޑުގައި ކުރިން ހުންނެވި ސިނާން އަލީ އެމްޓީސީސީގެ ސީއޯއޯގެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ ހަފުތާގަ އެވެ.
ސިނާން އަލީ ވަނީ މީގެ ކުރިން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑުގައި މަސައްކަތް ކުރައްވާފަ އެވެ.
އެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޓެލްކޯގެ ޗެއާމަނަކަށް އައްޔަންކުރެއްވި އެވެ.
ސިނާން އަލީ ވަނީ އެމްޓީސީސީގެ ބޯޑު މެންބަރު ކަމާއި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރުކަންވެސް ކުރައްވާފަ އެވެ.