ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ސްވިޓްޒަލޭންޑްގެ ޖެނީވާއަށް ވަޑައިގެންފި އެވެ.
މިނިސްޓަރު ހަލީލްގެ މި ދަތުރަކީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 58 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.
އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ތެރެއިން ކުރިއަށްދާ ހައި ލެވެލް ޖެނެރަލް ޑިބޭޓުގައި މިނިސްޓަރު ހަލީލް ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ހިއުމަން ރައިޓްސް ކައުންސިލްގެ 58 ވަނަ ސެޝަން ކުރިއަށްދާނީ ހޯމަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.
ރާއްޖެއަކީ 2023-2025 ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރެކެވެ.