އެކި އެކި މައްސަލަތަކުގައި 100 އަށް ވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ މީހަކު، ފޭރުމުގެ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
ފޭރުމުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި މި މީހާއަކީ ތ. ތިމަރަފުށި، ލަކީހައުސް، ސަފްވާން އަލީ އެވެ.
ފޭރުމުގެ މައްސަލައެއްގައި މި ފަހަރު އޭނާ ހައްޔަރު ކުރި ނަމަވެސް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ދޫކޮށްލާފަ އެވެ.
ދޫކޮށްލާފައިވަނީ ޝަރުތެއްވެސް ނެތި އެވެ. އޭނާ ދޫކޮށްލީ ތުހުމަތާ ގުޅޭ ހެއްކެއް ނެތް ކަމަށް ބުނެ އެވެ.
ރިކޯޑްތަކުން އެނގޭ ގޮތުގައި ސަފްވާން އަލީ ވަނީ މީގެ ކުރިން އެކި މައްސަލަތަކުގައި 122 އަށް ވުރެ ގިނަ ފަހަރު ހައްޔަރުކޮށްފަ އެވެ. ޓްރިމަރަކާއި، ފަސް ފޮށި ގަލަން ވަގަށް ނަގައިގެން އޭނާ ވަނީ މީގެ ކުރިން ހައްޔަރުކޮށްފަ އެވެ.
ރަސްފަންނު ބީޗުން ދަބަހެއް ވަގަށް ނަގައިގެން މިދިޔަ އަހަރު ފަހުކޮޅުވެސް އޭނާ ހައްޔަރުކުރި އެވެ.