ޑރ. މުހައްމަދު މުއިއްޒު

އޯޓިޒަމް ކުދިންނަށް އަޅާލުމާއި ލޯބި ދިނުމަކީ ގައުމީ ވާޖިބެއް: ރައީސް

0%
0%
0%

އޯޓިޒަމް ހުންނަ ކުދިންނަށް އަޅާލުމާއި ލޯބި ދިނުމަކީ ގައުމީ ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އޯޓިޒަމް ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ކޮންމެ ދިވެހި ދަރިއަކީ ގައުމަށް މުހިންމު އަދި އަގުހުރި ދަރިއެއް ކަމަށެވެ.

"އޯޓިޒަމް ތަހައްމަލުކުރާ ކޮންމެ ކުއްޖަކީވެސް ގައުމަށް މަންފާކޮށްދޭނެ އެތައް ހުނަރެއް ހުރި މޮޅު ކުދީން. އެ ކުދީންނަށް އަޅައިލުމާ ލޯބިދިނުމަކީ ގައުމީ ވާޖިބެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި އޯޓިޒަމް ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ އެޕްރީލް 2، 2007 ގަ އެވެ.

އޯޓިޒަމާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "އެޑްވާންސިން ނިއުރޯޑައިވާސިޓީ އެންޑް ދަ ޔޫއެން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް" އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910