ކުޅިވަރު

ރެޑްބުލް ގަލަން ކޮއްޓާ މުބާރާތުގެ ޗެމްޕިއަންކަން ޝިހާމް ހޯދައިފި

ފޯރި ގަދަ ކޮލިފައިން މެޗް ތަކަކައް ފަހު، ރެޑްބުލް ގަލަން ކޮއްޓާ 2016 ވަނަ އަހަރުގެ ޗެމްޕިއަން ކަން، ގައުމީ ޔުނިވާރސިޓީގެ، ފެކަލްޓީ އޮފް ސައިންސް ގެ ދަރިވަރެއް ކަމުގައިވާ، ޝިހާމް އަމީން ހޯދައިފި އެވެ. އަމީން ޗެމްޕިއަންކަން ހޯދީ 5-4 އަކުން ވިލާ އިންޓަނޭޝަނަލް ހައިސްކޫލް ގެ އިބްރާހިމް އަބްދުލް ސައްތާރު ބަލިކޮއްގެންނެވެ.

ދެހާސް ސާދަ ވަނަ އަހަރު ގަ ފުރަތަމަ ބޭއްވުނު ރެޑްބުލް ގަލަން ކޮއްޓާ ގެ ދެ ވަނަ މުބާރާތް ރޭ މާފަންނު ބީޖީ ފުޓްސަލް ދަނޑުގަ ނިމުނީ، ފައިނަލް ރައުންޑް ގަ، 128 ކުޅުންތެރިން ގެ ފޯރި ގަދަ މެޗް ތަކަކައް ފަހު އެވެ.

ފައިނަލައް އެއްކޮޅުން ދަތުރުކުރި އިބްރާހިމް އަބްދުލް ސައްތާރު ސެމީ ފައިނަލްގާ ބައްދަލް ކުރީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، މުހައްމަދު އަބްދުލް ސައްތާރު ފަސް މިނެޓުގެ މެޗަކައް ފަހު ޕެނަލްޓީ ޖަހައި، ބަލިކޮއްގެން އެވެ. އިބްރާހިމް އަބްދުލް ސައްތާރު ބުނި ގޮތުގަ "ދެން އަންނަ ފަހަރު މިއައް ވުރެ ރަނގަޅުވާނެ، އަލައް މުބާރާތުގަ ބައިވެރި ވީމަ، ހިޔެއް ނުކުރަން ފައިނަލް އާ ހަމައައް ދެވޭނެ ކަމައްވެސް،"

ފައިނަލް މެޗުން މޮޅުވުމައް ފަހު ފެނުނީ، ޝިހާމް އާ އޭނާގެ ރައްޓެހިން އުފާ ފާޅު ކުރަމުން ދާ މަންޒަރެވެ. "ވަރައް އުފާ ވެއްޖެ، ވަރައް އެކްސައިޓިން މުބާރާތެއް"، ޝިހާމް ބުންޏެވެ. ޝިހާމް ގެ ގަލަން ކޮއްޓާ އުކުޅުތައް އަހާލުމުން ދިފާއު ކުރުން ވެސް ގޯލް ޖެހި ކަމާއި އެޓޭކިން މާ މުހިންމު ކަމައް ޝިހާމް ފާހަގަ ކުރިއެވެ. ގުރުއަތުލުމައް ފަހު، އާއްމު ފުޓްބޯޅަ ކުޅުމުގަ އޮންނަ ގޮތައް، 11 ކުޅުންތެރިން ފޯމޭޝަން އަކައް އެތުރުމައް އެއް މިނެޓުގެ ވަގުތު ކޮޅެއް ލިބެ އެވެ.

"ކުރިން ސްކޫލް ގަ އުޅުނު އިރުވެސް ކުޅުނިން، ހިޔެއް ނުކުރަން މުބާރާތަކައް މި ވެދާނޭ. ވަރައް ސަޅި މުބާރާތަކައް ރެޑްބުލް އިން މި ބާއްވާ ދިނީމަ، ދެން އަންނަ އަހަރަކުވެސް ބައިވެރިވާނަން"، ޝިހާމް ބުންޏެވެ.

މުބާރާތުން މޮޅުވުމާ އެކު، 20،000 ރުފިޔާ ގެ ފައިސާ އިނާމުގެ އިތުރުން ޓްރޮފީ އަކާ މެޑަލް އެއް ޝިހާމް އާ ހަވާލް ކޮއްދިނީ، މުބާރާތުގެ ޝަރަފުވެރި މެހެމާނު، މާފަންނު މަދަރްސާ ގެ ޕްރިންސިޕަލް އަހްމަދު ފާރޫގުއެވެ.

"ވަރައް އުނދަގޫ އަސްލު، ބައިވެރިވި ގިނަ ކުޅުންތެރިން ވަރައް ހުނަރުވެރި. މިދިޔަ އަހަރު ބައިވެރިވެގެން ސެމީ ފައިނަލް އާ ހިސާބުން ކެޓީ"، 21 އަހަރުގެ ޝިހާމް ބުންޏެވެ.

ސްކޫލްތަކުގައި ކުދިން ކުޅެމުން އަންނަ ގަލަން ކޮއްޓާގެ ދެވަނަ ރަސްމީ މުބާރާތުގައި ޖުމްލަ ނުވަ ކޮލެޖް، ޔުނިވަސިޓީ އަދި ހައި ސްކޫލްތަކުން 182 ދަރިވަރުން ބައިވެރިވި އެވެ. މި މުބާރާތްވެގެން ދިޔައީ ޒުވާން ދަރިވަރުންގެ މެދުގައި ވަރަށް މަގްބޫލު، ފޯރިގަދަ މުބާރާތެކެވެ. ކޮލިފައިން ބުރުތަކައް ފަހު، ފައިނަލުގަ ބައިވެރިވީ 128 ކުޅުންތެރިންއެވެ.