މޯލްޑިވިއަން އައިޑޮލް

މޫސަ މޮޅީ ހަބަރު ކިޔަންތަ؟ ލަވަ ކިޔަންތަ؟

މޯލްޑިވިއަން އައިޑޮލްގެ ފޯރި ދުވަހެއް ދުވަހަކަށްފަހު ދަނީ ގަދަވަމުންނެވެ. މި އައިޑޮލެއްގެ އަވައިގެ ނުޖެހޭ މީހެއް މިހާރު މި ރާއްޖޭގައި މަދެވެ. މިހާރު ރާއްޖޭގައި މުޅިން ވެސް ތިބީ ލަވަ ކިޔޭ އައިޑޮލުންނެވެ. އެއާއެކު މިރޭގެ ޝޯއިން ވަރަށް ތަފާތު ކަމެއް މިވަނީ ފެނިފަ އެވެ. ޚަބަރުތައް ކިޔުމުގައި އެވަރުގެ ދަވަނައެއް ނެތް މޯލްޑިވިއަން އައިޑޮލްގެ ހުށަހެޅުންތެރިޔާ މޫސާ ވަސީމް މިވަނީ ލަވަ ކިޔާފަ އެވެ.

"ފަން ނައިޓް"ގެ ނަމުގައި މިރޭ ކުރިއަށް ގެންދިޔަ ޝޯގައި މޫސާ މިވަނީ ލަވަ ކިޔާފަ އެވެ. މުންޑެއް ލައިގެން އަރާ މޫސާ ވަނީ މަޖާ ލަވައެއް ހުށަހަޅާދީފަ އެވެ. މައުރީންގެ ގާތު މޫސަ ބުނީ "ލޯބިނުވާންވީ ކީއްވެހޭ" އެވެ. ޖަޖުން ބުނީ މޫސަގެ ޕިޗިން ވަރަށް ފުރިހަމަ ކަމަށެވެ.

ޓްވިޓާގައި ވެސް ވަނީ މޫސަ ލަވަ ކިޔުމުން ވަރަށް ފޯރިގަދަވެފަ އެވެ. ފޯރިގަދަ ޝޯއަކަށް ފޯރި އިތުރުވެ ބެލުންތެރިކަން ޝައުގުވެރިކަން އިތުރުވީ އެވެ. ބެލުންތެރިން ބުނަނީ މޫސަގެ ލަވަ ބަރާބަރު ކަމަށެވެ.

މޫސަގެ ލަވައާއެކު ބެލުންތެރިން ވަނީ މައުރީންގެ ލަވައެއް އަޑުއަހަން ބޭނުންވެފައި ތިބިކަމަށް ވެސް ބުނެފަ އެވެ. ހަމަ ގައިމު ވެސް މި ޝޯގެ ފޯރި ދަނީ ހަމަ ގަދަވަމުންނެވެ. ޝޯއާއެކީ ތިބޭށެވެ. އަދި ހަމަ އޮތީ އެވެ.