ވިޔަފާރި

ދެ ކޮޓަރީގެ ފްލޯރިން ހިލޭ ލިބޭ މުބާރާތެއް އީވޯއިން

އީވޯހޯމް ހިންގަމުން ގެންދާ ކުންފުނިން ހުޅުވި އީވޯ ފްލޯރިންއަކީ، ކޮމާޝިއަލް އަދި ރެސިޑެންޝަލް ބޭނުމަށް ހައި ކޮލިޓީ އިންޓީރިއާ އަދި އައުޑޯ ފްލޯރިންގެ ސޮލިއުޝަންސް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ހުޅުވި ތަނެކެވެ. އެތަނުން ލިބެން ހުންނަނީ ޖަރުމަނުގެ އެންމެ މަގުބޫލު ފްލޯރިން ބްރޭންޑު ކަމަށްވާ "ޕަރަޑޯ" ބްރޭންޑުގެ ފްލޯރިންނެވެ.

މި މަގުބޫލު ފްލޯރިން ހިލޭ ހޯދަން ބޭނުން ހެއްޔެވެ؟ އަވަހަށް އީވޯ ފްލޯރިންއިން އަހަރީ ދުވަހަށް ހާއްސަކޮށްގެން ފެށި މުބާރާތުގައި ބައިވެރިވާށެވެ. އެއް އަހަރު ފުރުމާ ގުޅިގެން ފެށި މި މުބާރާތުގައި ބައިވެރިވެވޭނީ ފޭސްބުކް މެދުވެރިކޮށެވެ. އެގޮތުން "އީވޯ ފްލޯރިން" ޕޭޖަށް ލައިކެއް ދިނުމަށްފަހު ޕޭޖުން ޝެއާކޮށްފައިވާ ފޮޓޯ އެމީހެއްގެ ޓައިމްލައިނަށް ޝެއާކުރުމުން މުބާރާތުގައި ބައިވެރިވެވޭނެ އެވެ. މުބާރާތުގައި މޮޅުވެވޭނީ ޝެއާކުރާ ފޮޓޯގެ ތެރެއިން އެންމެ ގިނަ ލައިކްސް ހޯދައިގެންނެވެ.

"ޕަރަޑޯ" ބްރޭންޑުގެ ފްލޯރިންގެ ތެރޭގައި "އިންޖިނިއަރިން ވުޑް ފްލޯރިން" ގެ ރޭންޖުތައް ވެސް ހިމެނެ އެވެ. އަދި ހާއްސަ ވަރުގަދަ ފަށަލައެއް ދުއްވާލާފައިވާ "ލެމިނޭޓިން ފްލޯރިން" ވެސް ހިމެނެ އެވެ. މި ބާވަތްތަކީ ފާރުގައި ވެސް ފަސޭހަކަމާއެކު ތަތްކޮށްލެވޭ ބާވަތްތަކެވެ. އަދި ޕަރަޑޯގެ ފްލޯރިންއަކީ ތިމާވެއްޓާއި ރަހުމަތްތެރި ބާވަތްތަކެކެވެ.

"އީވޯ ފްލޯރިން ގަބޫލުކުރަނީ ކަސްޓަމަރުން އުފުލުގައި ބައިތިއްބާ، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އަގުހެޔޮ އަގެއްގައި ހިދުމަތްތައް ފޯރުކޮށްދިނުން، ކަސްޓަމަރުންގެ ސަޕޯޓާ ނުލާ ކާމިޔާބު އެއް އަހަރެއް އަހަރެމެންނަށް ފުރިހަމައެއް ނުކުރެވޭނެ،" އީވޯ ފްލޯރިންގެ އޮފިޝަލަކު ވިދާޅުވި އެވެ.

އިވޯ ފްލޯރިން ފިހާރައިން އެކި ކުލަ ކުލައިގެ ރީތި ކާޕެޓު ވެސް ލިބެން ހުރެ އެވެ. މި ކާޕެޓުތަކުގެ ހާއްސަ އެއް ކަމަކީ ކާޕެޓުތައް ހަރުކޮށް "މަލަރު" ކޮށްލެވޭ ގޮތަށް ހުރުމެވެ. މިއީ ފަސޭހަކަމާއެކު ނައްޓާލުމަށް ފަހު ހަރުކޮށްލެވޭ ކާޕެޓް ތަކެކެވެ.

އިވޯ ފްލޯރިން މި ފިހާރާގައި ވަރަށް ހާއްސަ ތަށި މުއްޓެއް ވެސް ލިބެން ހުރެ އެވެ. އަދި ފްލޯރިން މަތީ ހިނގާއިރު ފައިވާނުގެ އަޑު މަޑު ކުރުމަށް ހާއްސަ ލޭއާއެއް ވެސް މި ފިހާރައިން ވިއްކަ އެވެ. ފްލޯރިން އެޅުމަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އެހެރީ މި ފިހާރައިން ލިބޭށެވެ.

މި ފިހާރާގައި އެންމެ ފެންވަރު ރަނގަޅު ފްލޯރިން ލިބެން ހުރިއިރު އަގުތައް ވެސް ހުރީ ވަރަށް އެކަށީގެންވާ ގޮތެއްގަ އެވެ. އާއްމުކޮށް މާލޭގައި ހުރި ފްލޯރިންނާ އަޅާ ބަލާއިރު ފެންވަރު ރަނގަޅު އުފެއްދުންތަކެއް ވަރަށް "ރީޒަނަބަލް" އަގުތަކުގައި ލިބެ އެވެ.