ފިޔޯރީ

ޓޫރިސްޓް ހޮޓަލެއް އަޅަން ފިޔޯރީން ބޮޑު ބިމެއް ދޫކުރަނީ

ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރަން ގދ. ފިޔޯރީ އުތުރު ފަރާތުން ބިމެއް ކުއްޔަށް ދޫކުރަން އެ ރަށު ކައުންސިލުން ނިންމައި ބީލަމަށް އިއުލާންކޮށްފަ އެވެ.

އެ އިއުލާނުގައި ބުނެފައިވަނީ، ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގަން ފިޔޯރީން 50,000 އަކަފޫޓުގެ ބިން 50 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ބިޑަށް ހުޅުވާލާ ކަމަށާއި އެ ބިމުގައި އަމިއްލަ ހަރަދުގައި ޓޫރިސްޓް ހޮޓަލެއް އިމާރާތްކޮށް، އަދި އެ ޓޫރިސްޓް ހޮޓެލް އިމާރާތް ކުރުމަށްފަހު ހޮޓާ ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހަޅަން ދައުވަތުދޭ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތައް މައުލޫމާތު ހޯދުމަށާއި ބިޑް ޑޮކިއުމަންޓް ބެލުމަށާއި، ބިޑް ޑޮކިއުމަންޓް ގަތުމަށް އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރުފަހުގެ 2:00 ގެ ނިޔަލަށް ފުރުސަތު އޮވެ އެވެ.