ކުޅުދުއްފުށި

ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި މީހަކު 15 އަހަރަށް ޖަލަށް

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީއަމަލެއް ހިންގުމުގެ ކުށް ސާބިތުވި މީހަކު 15 އަހަރަށް ޖަލަށްލުމަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން މި މާޗް މަހުގެ 17 ވަނަ ދުވަހު ހުކުމްކޮށްފައިވަނީ ހދ. ކުޅުދުއްފުށި، އިރުޒުވާގެ، އަހުމަދު އިބްރާހީމް (38އ) ގެ މައްޗަށެވެ.

ދައުލަތުން އަހުމަދު އިބްރާހީމްގެ މައްޗަށް، އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، ތަފާތު އެކި ދުވަސްމަތިން ގަދަކަމުން ކުޑަކުއްޖަކާއެކު ޖިންސީއަމަލެއް ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ.

މިދައުވާ ބެލުމަށްފަހު ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނަނީ، އަހުމަދު އިބްރާހީމް މި ދައުވާއަށް އިންކާރުކުރި ނަމަވެސް، ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ޝަރީއަތަށް މިދައުވާ ސާބިތުވާ ކަމަށެވެ. އެހެންކަމުން، މިއީ އަހުމަދު އިބްރާހީމްގެ މައްޗަށް މިފަދަ ޖިނާއީ ކުށެއް ޝަރީއަތަށް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށްވާތީ ހުމަދު އިބްރާހީމް 15 އަހަރުގެ ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާކަމަށްވެސް ހުކުމުގައިވެ އެވެ.