އުރީދޫ

އައިފޯން އެސްއީ ޕްރީއޯޑާގެ ފުރުސަތު އުރީދޫން ހުޅުވާލައިފި

އޭޕްރިލް މަހުގެ ހަވަނަ ދުވަހު އުރީދޫއިން އައިފޯން އެސްއީ ބާޒާރަށް ނެރެން ނިންމާފައިވާތީ ފޯނުގެ ޕްރީ އޯޑަރަށް އުރީދޫއިން ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫން ބުނީ، އުރީދޫގެ ވެބްސައޓް މެދުވެރިކޮށް، އައިފޯން އެސްއީއަށް މިހާރު ޕްރީއޯޑާ ކުރެއްވޭނެ ކަމަށެވެ. ޕްރީއޯޑާ ކުރަން ބޭނުންވާ ކަސްޓަމަރުން، http://ooredoo.mv/iphone އަށް ޒިޔާރަތް ކުރެއްވުމުން، އުރީދޫ މެދުވެރިކޮށް އައިފޯން އެސްއީ އަށް ޕްރީއޯޑާ ކުރެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ. އަދި އެ ވެބްސައިޓުން އައިފޯނު އެސްއީ އަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ ޕެކޭޖްތަކުގެ މައުލޫމާތު ވެސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ފޯން ތަކާއި ހިދުމަތް ކަސްޓަމަރުންނަށް ވީހާވެސް އަވަހަކަށް، އެންމެ ހެޔޮއަގުގައި ފޯރުކޮށްދޭން ކަމަށެވެ. އައިފޯން އެސްއީގެ ޕްރީ އޯޑަރަށްވެސް ހުޅުވާލީ އުރީދޫގެ ކަސްޓަމަރުންނަށް ފަސޭހައިން ހެޔޮއަގުގައި ފޯން ގަތުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

އައިފޯން އެސްއީ އަންނަ މަހު ރިލީސްކުރަން އުރީދޫއިން ނިންމާފައިވާއިރު ދިރާގުންވެސް ވަނީ އައިފޯން އެސްއީގެ ޕްރީ އޯޑާ އިއުލާންކޮށްފަ އެވެ.