ހަބަރު

ހައިކޯޓު ދެކުނު ގޮފީގެ މަސައްކަތްތައް ހަރުދަނާކުރަން މަޝްވަރާކޮށްފި

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުންނާ، ޕީޖީ ބިޝާމް ބައްދަލުކުރައްވަނީ -- ފޮޓޯ: ޕީޖީ އޮފީސް
0%
0%
0%

ހައިކޯޓު ދެކުނު ގޮއްފީގެ މަސައްކަތްތައް ހަރުދަނާކުރާނެ އުސޫލުތަކާ ބެހޭ ގޮތުން ޕީޖީ އޮފީހާއާއެކު މަޝްވަރާކޮށްފި އެވެ. މި މަޝްވަރާކޮށްފައިވަނީ، ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް އައްޑު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ، އައްޑު އަތޮޅު މީދޫގައި ގާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮތްޕަށް ޒިޔާރާތްކޮށް، ފަނޑިޔާރުންނާ ބައްދަލުކުރައްވާ އެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފީގައި އޮތް މިބައްދަލުވުމުގައި، ޕީޖީ އޮފީހުން އެގޮތްޕަށް ހުށަހަޅާ މައްސަލަތައް ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކުރާނޭގޮތުގެ މައްޗަށާއި، މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވޭނޭ އުސޫލުތަކާބެހޭގޮތުން ވާހަކަދެއްކެވި އެވެ. އެގޮތުން އެގޮތްޕަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ބަންދު އަމުރު އިސްތިއުނާފްގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތް ނުވަތަ ފަރާތްތައް ބަންދުއަމުރު އިސްތިއުނާފްގެ އަޑުއެހުންތަކަށް ހާޒިރުކުރުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު މެދުވެރިކޮށް އެކަމަށް ހައްލެއް ހޯދުމާގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

ޕީޖީ ބިޝާމް އިއްޔެ ވަނީ ފުވައްމުލަކަށް ވެސް ޒިޔާރަތްކުރައްވާފަ އެވެ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށާއި މެޖިސްޓްރޭޓް ކޯޓަށް އަދި ޏ. އަތޮޅު ކައުންސިލް އިދާރާއަށް ބިޝާމް ޒިޔާރަތްކުރެއްވި އެވެ. އަދި ފުވައްމުލަކުގައި ޕީޖީ އޮފީހުގެ ގޮތްޕެއް އަލުން ހުޅުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345