ސިވިލް ކޯޓް

ވިހެއުމުގެ ތެރޭގައި ކުއްޖާ މަރުވުމުން ބޯ ބުރިކޮށްލި މައްސަލާގައި ބަދަލުދެވެން ނެތް: ހުކުމް

ވިހެއުމުގެ ތެރޭގައި ކުއްޖާ މަރުވެ، ކުއްޖާގެ ބޯ ތާށިވުމުގެ ސަބަބުން ކުއްޖާގެ ބޯ ބުރިކޮށްލައިގެން ނެގި މައްސަލާގައި ބަދަލުދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މިގޮތަށް ސިވިލް ކޯޓުން ހުކުމްކުރީ، ބޯ ބުރިކޮށްލި ކުއްޖާގެ މައިންބައިފައިން 2013 ވަނަ އަހަރު އެކަމުގެ ބަދަލު ހޯދައިދިނުމަށް އެ ކޯޓަށް ހުށަހެޅި މައްސަލާގަ އެވެ. މައިންބަފައިން އެދިފައިވަނީ 3.2 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ.

ބަދަލު ހޯދައިދެވެން ނެތް ކަމަށް ބުނެ ކޯޓުން ކުރި ހުކުމުގައި ވަނީ ކުއްޖާގެ ބޯ ބުރިކޮށްލާފައިވަނީ ކުއްޖާ މަރުވި ފަހުން ކަމަށާއި ބޯ ބުރިކޮށްލި މައްސަލާގައި ޑޮކްޓަރުގެ އިހުމާލެއް ނެތް ކަމަށެވެ. ހުކުމްގައިވާ ގޮތުން ކުއްޖާ ބަނޑަށް މަރުވުމުން އެ ކުއްކާ ނެގުމަށް ޑޮކްޓަރު އަމަލުކޮށްފައިވަނީ ހާލަތަށް ބަލާއިރު ގޯސްކޮށް ނޫން ކަމަށެވެ.

ދެހާސް އެގާރަވަނަ އަހަރުގެ ހިނގި މި ހާދިސާ ވަނީ މޯލްޑިވްސް މެޑިކަލް ކައުންސިލުން ވެސް ތަހުގީގުކޮށްފަ އެވެ. އެ ކައުންސިލުގެ ތަހުގީގީ ރިޕޯޓްގައި ވެސް ބުނެފަިއވަނީ ޑޮކްޓަރުންގެ އިހުމާލެއް ނެތް ކަމަށެވެ. އެ ކައުންސިލްގެ ރިޕޯޓްގައިވާ ގޮތުން ކުއްޖާގެ ބޯ ބުރިކޮށްލާފައިވަނީ ކުއްޖާގެ ބައްޕަގެ ކަިއރީގައި ބުނެފައި، ކުއްޖާ މަރިވިކަން ޔަގީންވުމުންނެވެ. ކުއްޖާގެ ބޯ ބުރިކޮށްލަން ޖެހުނީ ކުއްޖާގެ ބޯ އެކަނި ބޭރަށް ނިކުމެ، ކޮނޑާ ހަމައިން ތާށިވުމާ ގުޅިގެންނެވެ.