ލައިފްސްޓައިލް

އަންހެނުންގެ ސަމާލުކަން ހޯދަން ރަތް ހެދުމެއް އިހުތިޔާރުކުރޭ!

"ދަ ލޭޑީ އިން ރެޑް" މި ޖުމުލައަކީ ފޮތްތަކާއި ފިލްމް އަދި ލަވަތަކުގައި ވެސް މަޝްހޫރު ޖުމްލައެކެވެ. އަންހެނުންގެ ރީތިކަން ސިފަކޮށްދޭން ވެސް ގެންގުޅޭ ޖުމްލައެކެވެ. ރާއްޖޭގައި ވެސް ބުނަނީ ރަތް ލިބާސްލީ އަންހެނުންނޭ ނޫންތޯ އެވެ؟ ރަތް ކުލައަކީ އަންހެނުންގެ ރީތިކަން ދައްކުވައިދޭ ކުލައެއް ކަމަށް މުޅި ދުނިޔެ ގަބޫލުކުރެ އެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ ރަތް ކުލަ ފިރިހެނުންނަށް މާ ގުޅެ އެވެ. އަދި އަންހެނުންނަށް ރަތް ކުލައިގެ ހެދުން އަޅާ ފިރިހެން މާ ކަމުދެ އެވެ.

މި ވާހަކަ ބުނެފައި އޮތީ ޖާނަލް އޮފް އެކްސްޕެރިމެންޓަލް ސައިކޮލޮޖީގައި ޝާއިރުކޮށްފައިވާ ރީސާޗެއްގަ އެވެ. އެ ރިސާޗްގައިވާ ގޮތުން، ރަތް ކުލައިގެ ހެދުމެއް ލުމުން މީހާގެ ޝަހުސިއްޔަތު ބޮޑަށް ދައްކުވައިދީ ވަރުގަދަ ކަމަށް ދައްކަ އެވެ. އެހެންކަމުން ފިރިހެންނުންނަށް އެންމެ ރަނގަޅު ކުލަކީ ރަތް ކުލަ ކަމަށެވެ.

މި ރިސާޗް ހެދި، ޕްރޮފެސާ އެންޑްރޫ އެލީޓް ވިދާޅުވެފައިވާ ގޮތުގައި، ރަތް ހެދުމެއް ލައިގެން ތިބޭ ފިރިހެނުންނާ މެދު އަންހެން ދެކޭ ގޮތް ރަނގަޅެވެ. އެގޮތުން އެމީހުންނަކީ މުއްސަނދި، ކާމިޔާބު ބައެއް ކަމަށް ދެކެ އެވެ. ހަމައެހެންމެ މީހުންނާ ގުޅޭ، ރަނގަޅު މީހެއް ކަމަށް ވެސް އަންހެން ގަބޫލުކުރާ ކަމަށް އެންޑްރޫ ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން ފިރިހެނުން ރަތް ކުލައިގެ ހެދުންލުމަކީ އަންހެން ގަޔާވެ، އަންހެނުންގެ ސަމާލުކަން ލިބޭނެ ކަމަށް ރިސާޗްގައި ވަނީ ބުނެފަ އެވެ.

ދެން ވެސް އަންހެން ކުއްޖެއްގެ ސަމާލުކަން ހޯދަން ނުވަތަ އަންހެން ކުއްޖެއްގެ ހިތް އަތުލަން ރަތް ފިނިފެން މަލެއް ދިނުމުގެ ބަދަލުގައި ލައިގެން ހުންނަ ހެދުމަކީ ވެސް ރަތް ކުލައިގެ ހެދުމަކަށް ހެދުމަށް އިސްކަންދޭށެވެ. އަންހެން ކުދިން "ސެޓު" ކުރަން އޭރަށް ފަސޭހަވާނެ ކަމަށް މި ރިސާޗުގައި މިއޮތީ ބުނެފަ އެވެ.