ރާއްޖެ ކުޅިވަރު

ނިއު ބަލިކޮށް ޗެރިޓީ ޝީލްޑް މާޒިޔާ އަށް

ނަތީޖާނެރެން ކުޅުނު އިތުރުވަގުތުގައި ކެޕްޓަން އަސަދުﷲ އަބުދުﷲ ޖެހި ހަމައެކަނި ލަނޑުން ނިއުރޭޑިއަންޓް ބަލިކޮށް އެފްއޭއެމް ޗެރިޓީ ޝީލްޑް މާޒިޔާ ދިފާއުކޮށްފި އެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަން ރަސްމީކޮށް ހުޅުވަން ކުޅުނު މި މެޗުގައި ލަނޑު ޖަހަން ނިއު ވަނީ ރަނގަޅު ފުރުސަތުތަކެއް ހޯދައިފަ އެވެ.

ފޯވަޑަށް ކުޅުނު އަހުމަދު ރިލްވާން (ކަކާރިލޭ) އަށް ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލީ ކީޕަރު އިމްރާނާ ދިމާލަށެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ތިން ކުޅުންތެރިން ގައިން ނައްޓާފައި ޖެހި ބޯޅަ ވެސް އިމްރާން ދިފާއުކުރި އެވެ.

މާޒިޔާއަށްވުރެ ރަނގަޅަށް ނިއު ކުޅުނު މި މެޗުގައި އަސަދުﷲ ލަނޑު ޖެހީ 90 މިނިޓް ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގަ އެވެ. އޭގެ ފަހުން ނިއުގެ އަހުމަދު ނިޔާޒް (ނިޔާ) އަށް ހުސްކޮށް ލިބުނު ބޯޅަ ބާރަށް ފޮނުވާލުމުން ކުޅުމުގެ ތެރެއަށް އައީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.

މިއީ ޗެރިޓީ ޝީލްޑް މާޒިޔާ ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު ވެސް އެ ޓީމު މި ޝީލްޑް އުފުލާލީ ނިއު ބަލިކޮށްގެންނެވެ. މި އަހަރުގެ ޗެރިޓީ ޝީލްޑް ހޯދުމުން އިނާމެއްގެ ގޮތުން މާޒިޔާ އަށް ލިބުނީ 75000ރ. އެވެ. މީގެ ތެރެއިން 25000ރ. ހަދިޔާކުރީ އޯޓިޒަމް އެސޯސިއޭޝަނަށެވެ.