ހަބަރު

ދެ ޑެޕިއުޓީ ޕީޖީއިން އައްޔަން ކުރާ އިސްލާހު ތަސްދީގުކޮށްފި

ޕީޖީ ބިޝާމް -- ފޮޓޯ: ޕީޖީ އޮފީސް
0%
0%
0%

މި އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާއިން ފާސްކުރި ޕްރޮސިކިއުޓަރު ޖެނެރަލްގެ ގާނޫނުއަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ. މި ބިލު ތަސްދީގް ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއު ކޮށްފަ އެވެ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްވީ 50 މެމްބަރުންގެ ވޯޓުންނެވެ. މިބިލަށް ތާއީދު ނުކުރައްވާ 18 މެމްބަރަކު ތިއްބެެވެ.

މި ބިލު ހުށަހަޅަމުން ސައުދު ވިދާޅުވީ މި ބިލުގެ ދަށުން ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލެއް އައްޔަން ކުރުމުގެ ބާރު ގާނޫނުން ލިބިދީފައި ވާނީ ޕްރޮސިކިއުޓާ ޖެނެރަލަށް ކަމަށާއި އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނު މިގޮތަށް ބަދަލުގަނައުމުން ދައުވާ އުފުލުމަށް އެއްވެސް ދަތި ކަމެއް ނާންނާނެ ކަމަށެވެ.

ޑެޕިއުޓީ ޕީޖީއަކީ ޕީޖީ ނެތް ހާލަތްތަކުގައި ޕީޖީގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ބޭފުޅެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345