- އެންމެ މަގުބޫލު ސައްސިއްޔަތަކީ މަންމަ
- އެހީތެރިވާ މީހުންގެ ލިސްޓުގެ ކުރީގައި ފިރިމީހާ
- ވަޒީފާއަށް އަހައްމިޔަތުކަން ދޭ ޒުވާނެއް
"ކޮންމެ ދުވަހެއްވެސް ފެށިގެންދާނީ ފަތިސް ނަމާދުން،" އޭނާގެ ދުވަސް ފެށެނީ މިގޮތަށެވެ.
ދުވަހުގެ ފެށުން އަންނަނީ ފަތިސް ނަމާދުގެ ބަންގީގެ އަޑާއެކުގަ އެވެ. ނަމާދަށް ފަހު ކުޑަކޮށް ޖައްސާލާނެ އެވެ. އެއަށްފަހު، ހޭލައި އާއްމު ދިރިއުޅުމައިގެން އުޅެ ގަންނާނީ އެވެ. މިއީ އުރީދޫގެ ސީނިއާ އެގްޒެކަޓިވް ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރުގެ ވާހަކަ އެވެ. އާއްމުނަމުންނަމަ "ނޫރާ" ގެ ވާހަކަ އެވެ.
ނޫރާއަކީ ހަތަރުކަށިމަތި އައްޑޫ ކުއްޖެކެވެ. ސ. ހިތަދޫ އުފަން ނޫރާ އައްޑޫގަ އެވެ. އޭނާއަކީ އައްޑޫ ފަހުރުވެރިވާނެ ޒުވާނެވެ.
"ގިނައިން އުޅުނުނިން ރަށުގައި. މާލޭގައި ވެސް ގިނަ ދުވަހު އުޅުނިން. އެކަމަކު އެންމެ ކުޑައިރު އުޅުނީ މާލޭގައި."
ނޫރާ ތައުލީމީ ހަޔާތުގެ ވާހަކަ ދައްކާނަމަ އޭނާ އުޅުނު ސްކޫލްތަކުގެ ލިސްޓު ދިގެވެ. ނޫރާ އަމީރު އަހުމަދު ސްކޫލުގައި އުޅުނެވެ. އައްޑޫ ނޫރާނީ ސްކޫލުންވެސް ކިޔެވި އެވެ. ހިތަދޫ ސްކޫލްވެސް އޭނާއަށް ފަރިތައ އެވެ. އަދި މާލެ ބަދަލުވެ، އިސްކަންދަރު ސްކޫލާއި އިމާދުއްދީން ސްކޫލް އަދި އަމީނިއްޔާގައިވެސް ނޫރާ ތައުލީމް ހާސިލް ކުރި އެވެ. އަދި މަތީ ސާނަވީ ތައުލީމް އުނގެނުނީ ސީއެޗްއެސްއީ އިނެވެ. އަދި އެއަށްފަހު ދިޔައީ ރާއްޖޭން ބޭރަށެވެ. ރާއްޖޭން ބޭރުން މާސްޓާސް ޑިގްރީ ހެދި އެވެ.
"ވަރަށް ގިނަ ސްކޫލްތަކުގައި ކިޔެވިން. އަދި މިހާރުވެސް މި ކިޔަވަނީ،" ރާއްޖޭގެ ޓޮޕް ޓެންގައި ވެސް ހިމެނުނު ނޫރާ ބުންޏެވެ.
ދެން އޮތީ ނޫރާ މަސައްކަތުގެ ވާހަކަ އެވެ؛ ޒުވާން ކުއްޖެއް ނަމަވެސް އޭނާއަކީ މަސައްކަތައް އަހަމިއްޔަތުކަން ބަހައްޓާ ޒުވާނެވެ. ބައެއް ޒުވާނުގެ ކިބައިން ފެންނަ ފަރުވާ ކުޑަކަން މިއީ އޭނާ ބީރައްޓެރި ސިފަ އެކެވެ. މިހާރު ނޫރާ އުރީދޫގެ ޕީއާރުގައި ހުރެ، ކުންފުނި ތަމްސީލް ކުރިނަމަވެސް ފުރަތަމަ "ވަޒީފާ" ވަރަށް ތަފާތެވެ. އެންމެ ފުރަތަމަ ވަޒީފާގެ ވާހަކަ ދައްކާނަމަ ޖެހިލަން ޖެހޭނީ ފިލްމީ ދާއިރާއާ ހަމައިންނެވެ. އެކަމަކު ފިލްމް ކުޅޭކަށް ނޫނެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ މަޝްހޫރު ޑައިރެކްޓަރު ޓެޑްރީއާއެކުގަ އެވެ. ޓެޑް ހަދާ ޑޮމިއުމެންޓްރީތަކުގެ ފަހަތުގައި އޭނާ މަސައްކަތް ކުރީ އުފަލާއެކުގަ އެވެ.
"އަސްލު ޓެޑްއާއެކު މަސައްކަތް ކުރިއިރު ވަރަށް ގިނަ އެއްޗިހިތަކެއް ދަސްކުރި. ޓެޑްއަކީ ވަރަށް ސަޅި މީހެއް،" އުމުރުން 26 އަހަރުގެ ނޫރާ ބުންޏެވެ.
އޭނާގެ މިހާރު އުރީދޫގައި ހުރި މަގާމަށް އައުމުގައި ވެސް ފާލަކަމަށް ވެގެން ދިޔައީ ނޫރާ ގަބޫލުކުރާ ގޮތުގަައި ޓެޑް އެވެ. ނޫރާގެ ރަސްމީ ވަޒީފާ ފެށިގެން ދިޔައީ ކުރީގެ ވަތަނިއްޔާ އަދި މިހާރުގެ އުރީދޫންއިންނެވެ. މިއީ އޭނާގެ އަލަތު ވަޒީފާ އެވެ.
"ޓެޑްއާއެކު ވަތަނިއްޔާ [މިހާރުގެ އުރީދޫ] އަށް އައިސް އުޅެގެން ގުޅުން އުފެދުނީ. މި ހިސާބުން އުރީދޫގެ ވަޒީފާގެ ތެރެ އަށް ނުކުމެވުނީ،" ނޫރާ ބުންޏެވެ.
ނޫރާ އުރީދޫއާ ގުޅުނީ 2012 ވަނަ އަހަރެވެ. އޭނާގެ ބެލުމުގެ ދަށުން މިހާރު ބަލަހައްޓަމުން ގެންދަނީ ޕަބްލިކް ރިލޭޝަން އާއި ސީއެސްއާރުގަ އެވެ.
"މިކަން ބެލެހެއްޓެނިޔަސް ކުރިން ނޫރާއަކީ ވާހަކަ ދައްކަން ވަރަށް އުނދަގޫ މީހެއް. ވާހަކަ ދައްކަން ޖެހިއްޖެނަމަ ބިރުގަނޭ. އެކަމަކު ކުރީގައި ހުރި މަރީ ވަކިވީމަ ސީއީއޯ ދިން ފުރުސަތެއް މިއީ. ދެން ހިތަން އެރީ މިއީ ހާދަ ބޮޑު ޗެލެންޖެހޭ. މިއީ ބިލްޑް ކުރަން ޖެހޭ ސްކިލްއެކޭ،" ނޫރާ ބުންޏެވެ.
"އަމީނިއްޔާގައި އުޅުނުއިރު ވެސް ވާހަކަ ދައްކަން އުނދަގޫވޭ. ވަރަށް ޖެހިލުން ވޭ. އެކަމަކު މި ސްކިލް ބިލްޑް ކުރަނީމި."
ނޫރާ ބުނި ގޮތުގައި އޭނާގެ ހަޔާތުގައި މުހިންމު މީހުންގެ ލިސްޓެއް ނަގާނަމަ އެންމެ ކުރިލިބޭނީ މަންމަ އާއި ބައްޕަ އަދި ފިރިމީހާ އަށެވެ.
"މަންމައަކީ ވަރަށް ބޮޑު އިންސްޕިރޭޝަނެއް. މަންމައަކީ އެންމެ ކައިންޑް މީހާ. އަސްލު ނޫރާ މި ހިސާބަށް އައުމުގައި ވަރަށް ޓަފް ކަންތައް ދިމާވެފައިތާ އޮންނާނީ ލައިފްގައި. ފިރިމީހާގެ ސަޕޯޓު ވެސް ވަރަށް ބޮޑަށް ލިބޭ،" ކައިވެންޏަށް ހަތަރު އަހަރުވެފައިވާ ނޫރާ ބުންޏެވެ.
ނޫރާއަށް ވަޒީފާ ލިބި، މިހާރު އޭނާ އެ ހުރީ ވަޒީފާގައި ހަމަ ފައިމައްޗަށް ތެދުވެ އެވެ. ދެން އޮތީ އޭނާ މި ހިސާބަށް އައުމުގެ ސިއްރުވެ ވާހައިން ފެށުމެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިހާރުގެ ފިޔަވަޅު މައްޗަށް ހުއްޓުމުގެ ސިއްރަކީ ކުރާ ކޮންމެ ކަމެއްގައި ވެސް ސާބިތުވެ، ހުރުމެވެ.
"ކޮންމެކަމެއް ވެސް ކާމިޔާބު ވާންދެން ކުރަނީ. އެހެންވެ މި ކާމިޔާބުގެ ސިއްރަކީ،" ނޫރާ ބުންޏެވެ.
ނޫރާ ގަބޫލުކުރާ ގޮތުގައި އޭނާ މިހާރު މަސައްކަތް ކުރާ އުރީދޫގެ ސީނިޔަ މެނޭޖުމަންޓަކީ އޭނާގެ ހިތްވަރެވެ. ހާއްސަކޮށް ސީނިޔަ މެނޭޖުމަންޓުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނާއި ސީއީއޯގެ ނަން އޭނާ ފާހަގަ ކުރެ އެވެ.
"ވަރަށް ހާއްސަ ބައެއް އުރީދޫގެ ސްޓާފުންނަކީ ހުރިހާ މީހުން ވެސް ވަރަށް ފްރެންޑްލީ،" ނޫރާ ބުންޏެވެ.
ނޫރާ މިހާރުގެ ވަޒީފާ އިން ނުފެނުނުނަމަ ދެން ފެންނާނީ ކޮން ދިމާލަކުންބާ އެވެ؟ މި ސުވާލަށް އޭނާ ދިނީ ވަރަށް ކުރު ޖަވާބެވެ.
"އަންހެނުންގެ ހައްގުތަކުގެ ދާއިރާ. މީހުން ހޭލުންތެރި ކުރުވުން،" ނޫރާ ބުންޏެވެ.
"އެކި ކަންކަމަށް އެވެއާނަސް ރެއިޒް ކުރަން ބޭނުންވޭ. މިއީ ވަރަށް އުޅެން ބޭނުންވާ ދާއިރާއެއް،"
ނޫރާއަކީ މިހާރު އުރީދޫގެ "މޫނު މައްޗެވެ" އޭނާ ގަބޫލުކުރާ ގޮތުގައި ކޮންމެ ދުވަހަކީ ވެސް އުރީދޫން ނޫރާއަށް އެއްޗެއް އެނގޭ ދުވަހެވެ. ކޮންމެ ދުވަހަކުވެސް އެއްޗެއް ދަސްވާނެ އެވެ. އޭނާގެ އެންމެ ފަހުގެ ވާހަކައަކީ މިއީ އެވެ.