ފީފާގެ ސަސްޕެންޝަނަކުން ސަލާމަތްވުމަށް އިންތިހާބު ބޭއްވުމަށްޓަކައި އަސާސީ ގަވާއިދު ފާސްކުރަން އެފްއޭއެމުގެ ކޮންގްރެސް އަންނަ ޖޫން މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މިކޮންގްރެސް އަށް ފަހު އިންތިހާބަށް 30 ދުވަހުގެ މުހުތަލެއް ދޭންޖެހޭތީވެ، އެމުއްދަތު ކުޑަކުރަންޖެހޭނީ ވެސް މި ކޮންގްރެސްގަ އެވެ.
ސަރުކާރާއި އެފްއޭއެމުގެ ހިޔާލުތަފާތުވުންތަކާހުރެ އެތައް ފަހަރަކު ފަސްވެފައިވާ އެފްއޭއެމުގެ އިންތިހާބު މިހާރު ބާއްވަން ފީފާއިން އަންގާފައިވާ އެންމެ ފަހު ތާރީހަކީ ޖޫން 31 ވަނަ ދުވަހެ އެވެ. އެ ދުވަހާ ހަމަ އަށް އިންތިހާބު ނުބެއްވިއްޖެނަމަ ރާއްޖެ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްވާނެ އެވެ.
އިންތިހާބު ބޭއްވުމަށް ފީފާއިން މިހާރު އަންގާފައިވަނީ މިދިޔަ ފެބްރުއަރީ މަހު ފާސްކުރި އަސާސީ ގަވާއިދުގެ ބަދަލުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފާސްކުރި އަސާސީ ގަވާއިދަށް އަމަލުކުރުމަށެވެ. ފެބްރުއަރީ މަހު ފާސްކުރި އަސާސީ ގަވައިދު ފީފާއިން ގަބޫލުކުރީ އެ ޖަމާއަތުގެ ރިފޯމް އެޖެންޑާއާ ހިލާފު ކަންތައްތަކެއް ހުރުމުން ކަމަށެވެ.
ފީފާއިން މަޖުބޫރު ކުރަމުންދަނީ އަންހެން މެމްބަރަކު ހިންގާ ކޮމިޓީގައި އިނުމަށާއި އަންހެން މެމްބަރުންނާއި އިންޓަރެސްޓް ގްރޫޕްތަކައި އަތޮޅު ތެރޭގެ ޓީމުތަކަށް އިންތިހާބުގައި ވޯޓުލެވެގޮތް ހެދުމަށެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް މިކަމުގެ އިތުރަށް އަސާސީ ގަވާއިދުގެ ބައެއް މާއްދާތަކާމެދު ވެސް އެއްބަހެއްނޫނެވެ.