ބޭރު ކުޅިވަރު

ސޮސިއެޑާޑް މެޗަކީ ބާސެލޯނާ އަށް އެންމެ އުނދަގޫވާނެ މެޗު: އެންރީކޭ

ސްޕެނިޝް ލީގުގައި މިރޭ ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗަކީ ބާސެލޯނާ އަށް އެންމެ އުނދަގޫވާނެ މެޗު ކަމަށް އެ ޓީމުން ބުނެފި އެވެ.

މި ވަގުތު ޓޭބަލުގެ އެއްވަނާގައި އޮތް ޓީމުގެ ކޯޗު ލުއިސް އެންރީކޭ މިހެން ބުނީ ސޮސިއެޑާޑްގެ ދަނޑުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ބާސެލޯނާ އަށް މޮޅުވެވިފައިނުވާތީ އެވެ.

މަޝްހޫރު ބާސެލޯނާ އެންމެ ފަހުން ސޮސިއެޑާޑްގެ ދަނޑުގައި އެ ޓީމު އަތުން މޮޅުވީ ފްރޭންކް ރައިކާޑްގެ ކޯޗުކަމުގައި 2007 ވަނަ އަހަރު އެވެ.

"މިހެންވީމަ މިކަންކަމަށް ބަލާއިރު މިއީ އަހަރުމެންނަށް ކުރިމަތިވާނެ އެންމެ އުނދަގޫ މެޗު. އަހަރުމެން ޖެހޭނެ ވަރަށް މަސައްކަތް ކުރަން. އެހެންނޫނީ އަހަރުމެންނަށް ހީނުކުރާވަރުގެ ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ،" ކޯޗު ބުންޏެވެ.

ސޮސިއެޑާޑަށް ކުޅޭ އިލަރަމެންޑީ ވެސް ބުނީ މިދިޔަ އަހަރުތަކުގައި ބާސެލޯނާ ވަނީ އެމީހުން އަތުން ބަލިވެފައި ކަމަށާއި މި ފަހަރު ވެސް ބަލިކޮށްލާނެ ކަމަށެވެ.
މި މެޗު ފަށާނީ މިރޭ 11:30ގަ އެވެ.