ވިޔަފާރި

އެމްޓީސީސީ ހިއްސާއަކަށް 22ރ. ބަހަން ބޯޑުން ނިންމައިފި

  • ދެހާސް ސާދަވަނަ އަހަރު ހިއްސާއަކަށް ދިނީ 20ރ.
  • 2014 ވަނަ އަހަރު ސާފު ފައިދާއަކީ 150 މިލިއަން ރުފިޔާ
  • ޓެކްސްއަށް ކެނޑުމަށްފަހު ޖެހެނީ 156 މިލިއަން ރުފިޔާ

އެމްޓީސީސީގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 22ރ. ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓްރާންސްޕޯޓް ކުންފުނިކަމަށްވާ، އެމްޓީސީސީން ބުނީ މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 150 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، މި ފައިދާއާއެކު ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 50 ރުފިޔާ ހިއްސާއެއްގެ މަގުން 22 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެކުންފުނިން ބުނީ، ހިއްސާގެ ފައިދާގެ ގޮތުގައި މިދިޔަ އަހަރު ބެހުމަށް ކަނޑައަޅާފައިވަނީ 11 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް 2014 ވަނަ އަހަރު ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ ފަސް މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީން 2014 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ކުންފުނީގެ ހިއްސާދާރުންނަށް މޫނުމަތީ އަގު 50 ރުފިޔާގެ ހިއްސާއަކަށް ބަހާފައިވަނީ 20 ރުފިޔާ އެވެ. އަދި މޫނުމަތީގެ އަގު 50 ރުފިޔާގެ އެއް ބޯނަސް ހިއްސާ ދިނުމާ ގުޅިގެން 2014 ވަނަ އަހަރަށް ހިއްސާގެ ފައިދާގެގޮތުގައި މޫނުމަތީ އަގު 50ރ. ހިއްސާއަކަށް ޖެހިފައިވަނީ 10ރ. އެވެ.

އެމްޓީސީސީގެ ބެލެންސް ޝީޓާއި ފައިދާއާއި ގެއްލުމުގެ ހިސާބު މިދިޔަ މާޗްމަހުގެ 31 ވަނަ ދުވަހުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮސްފައިވެ އެވެ. އެގޮތުން ވިޔަފާރީގެ ފައިދާ އިން ނެގޭ ޓެކްސް ކެނޑުމަށް ފަހު މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 156 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ.