ވިޔަފާރި

ވެޑެލްގެ 42 ބާވަތެއް ރާއްޖެގައި، އަދިވެސް ހަމަ ގެންނަނީ

މިހާރު އެންމެ ބާރަށް ރާއްޖޭގައި ވިކެމުންދާ ވެޑެލް ޗޮކްލެޓްގެ 42 ވައްތަރެއް މިހާރު ރާއްޖޭގައި މިވަނީ ވިއްކަން ފަށައިފަ އެވެ. ނޭޝަނަލް މިއުޒިއަމް ކުރިމަތީގައި ވެޑެލް ޗޮކްލެޓްގެ ފިހާރަ ހުޅުވިއިރު އެ ފިހާރާގައި ހުރީ 38 ވެރައިޓީއެކެވެ. ވެޑެލް ކުންފުނިން މުޅި ޖުމްލަ 100 ބާވަތެއް ދަނީ ވިއްކަމުންނެވެ. ބާކީ ހުރި ބާވަތްތައް ވެސް ރާއްޖެ ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އެ ފިހާރައިން ބުނާ ގޮތުގައި ޗޮކްލެޓަށް އޮތް ޑިމާންޑް ވަރަށް ވެސް ބޮޑެވެ. ދުވާލެއްގެ މައްޗަށް ދެ ފޮށި ޗޮކްލެޓް އާންމު ގޮތެއްގައި ވިކި ހުސްވާ ކަމަށް އެ ފިހާރައިން ބުނެ އެވެ.

ބައެއް ވައްތަރުތައް:

ވެޑެލް ޗޮކްލެޓްގެ އެންމެ ފާހަގަކޮށްލެވެނީ ކުކީސް އަދި ވޭފާ އެވެ. އޭގެއިތުރަށް ހާޑް ކޭންޑީސް، ހަލްވާ، ކޮކޯ ޕައުޑާ، ޗޮކްލެޓް މޫސް، އިންސްޓެންޓް ޗޮކްލެޓް ޑްރިންކް، ލެޖެންޑްރީ ލައިކް ބިސްކޯދު، ރާސްބެރީ، މިލްކް، ޗޮކްލެޓް، ޑާކް ޗޮކްލެޓް، ނަޓްސް ވިތް ފްލޭވާޑް ޗޮކްލެޓް ފަދަ ބާވަތްތައް ހިމެނެ އެވެ.

މި ހުރިހާ ބާވަތްތަކުގެ ވެޑެލް ޗޮކްލެޓްތައް ރާއްޖޭގައި ވިއްކަމުންދާއިރު އެންމެ ޑިމާންޑް ބޮޑީ ބްރައުނީއަށެވެ. ބްރައުނީ އެންމެ ގިނައިން ރާއްޖޭގައި ވިކެމުންދާއިރު، އެ ޗޮކްލެޓަކީ ރަހަ މީރު، ވަރަށް ކްރަންޗީ ޗޮކްލެޓެކެވެ. ޗޮކްލެޓްގެ އިތުރުން ވޭފާތަކުގެ ތެރެއިން ޑަބްލިއު ޑަބްލިއު ވޭފާ އަކީ ވެސް ޑިމާންޑް ބޮޑު އެއްޗެކެވެ.

ވެޑެލް މިއީ އަދައިގެ ބްރޭންޑެއް ނޫން

މި ޗޮކްލެޓު އުފައްދާފައި ވަނީ 1851 ވަނަ އަހަރެވެ. އެއީ ޔޫރަޕުގެ މެދު އަދި އިރުމަތީގައި އެންމެ ގިނަ މީހުންގެ ލޯތްބާއި ތާއިދު ހޯދާފައި އޮތް ޕޮލެންޑުގެ ކުންފުންޏަކުންނެވެ. ކެރޮލް އާނެސްޓް ވެޑެލް އަށް ނިސްބަތްވާ ކުންފުނި އީ ވެޑެލް އިންނެވެ. މިކުންފުންޏަކީ އިޖްތިމާއީ ވެލްފެއާ ތަކަށްވެސް ވަރަށް ގިނައިން ހަރަދުކުރާ ކުންފުންޏެކެވެ.

ސަތޭކަ ފަސްދޮޅަސް އަހަރުވެފައިވާ މި ބްރޭންޑަށް ގިނަ އެވޯޑްތަކެއް ވެސް ވަނީ ލިބިފަ އެވެ. އެގޮތުން 2012 ވަނަ އަހަރު "ސްޕަ ބްރޭންޑް"، 2010 ވަނަ އަހަރު "ޕްރިމިއަމް ބްރޭންޑް އެވޯޑް ފަދަ ބޮޑެތި ގިނަ އެވޯޑްތަކެއް ވެޑެލްއަށް ލިބިފައިވެ އެވެ.

އަގުތައް ވަރަށް ހެޔޮ!

އަގުތަކަށް ބަލާއިރު މިހިރީ ހަމަ ދިވެހިންގެ އަތް ފޯރާ ހިސާބުގަ އެވެ. 100 ގްރާމްގެ ޗޮކްލެޓްތައް މިއުޅެނީ 25 ރުފިޔާ އިން ފެށިގެން 35 ރުފިޔާ އާއި ދެމެދު އެވެ. 100 ގްރާމްގެ ނޯމަލް ޗޮކްލެޓް ބާ އެއް 25 ރުފިޔާ އަށެވެ. އަދި ފިލިން އެއްޗެހި 30 އަށް އުޅޭއިރު ނަޓްސް އަޅާފައި ހުންނަ ޗޮކްލެޓް ބާސް މިހިރީ 35 ރުފިޔާ އަށެވެ. މި ގްރާމްގެ އެއްޗެއް 35 ރުފިޔާއަށްވުރެ ބޮޑެއް ނުވާނެ އެވެ. ދެން މިހިރީ 220 ގުރާމްގެ ޗޮކްލެޓް ތަކެވެ. މި ސައިޒުގެ ޗޮކްލެޓުތައް މިއުޅެނީ 80 ރުފިޔާގެ ރޭޓުންނެވެ.