ކުޅިވަރު

ކްލިކް ކޮލެޖްގެ ސްޓޫޑަންޓް އެސޯސިއޭޝަން ފުޓްސެލް މުބާރާތް ނިމިއްޖެ

ކްލިކް ކޮލެޖްގެ ސްޓޫޑަންޓް އެސޯސިއޭޝަންގެ 14 ވަނަ ފުޓްސެލް މުބާރާތް ނިމިއްޖެ އެވެ. ކްލިކް ކޮލެޖްގެ ސްޓޫޑަންޓް އެސޯސިއޭޝަން އިން ކުރިއަށްގެންދިޔަ މިމުބާރާތުގައި 11 ޓީމެއް ބައިވެރިވާއިރު، އަންހެން ތިން ޓީމް އަދި ފިރިހެން 8 ޓީމް ހިމެނެ އެވެ. ދަރިވަރުންގެ ހަ ޓީމާއި ލެކްޗަރަޒް ޓީމަކާއި މެނޭޖްމަންޓް ޓީމެއްވެސް ބައިވެރިވި އެވެ.

މިމުބާރާތުގެ މައިގަނޑު މަގްސަދަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުން ކަމަށް ކްލިކް ކޮލެޖުން ބުނެ އެވެ. މުބާރާތް ދެ ދުވަހަށް ކުރިއަށް ގެންދިޔަ އެވެ.

މުބާރާތުގެ ފައިނަލް މެޗްގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އެފްއޭއެމްގެ ނައިބު ރައީސް އަހުމަދު ޝަކީބު ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގެ ޖަޖުންގެ ގޮތުގައި މުހައްމަދު ސިރާޖު، ޖިނާން އަބްދުﷲ އަދި ވަލީދު އިދުރީސް ވަނީ މެޗުތައް އިންސާފުކޮށްދީފައިވެ އެވެ. ނިމިގެންދިޔަ ކްލިކް ކޮލެޖްގެ ސްޓޫޑަންޓް އެސޯސިއޭޝަންގެ 14 ފުޓްސެލް މުބާރާތްގެ އަންހެން ޗެމްޕިއަންސް ކަން ހޭޝްޓެގް ރިޓާރންސް އަށް ލިބިފައިވާއިރު ފިރިހެން ޗެމްޕިއަންސް ޓީމަކީ އުލުންގާނާނީ އެވެ.

މީގެ އިތުރުން ފުއްޕީސް އަދި އެފް.ސީ މުޑިކާޑް 2 ޓީމަކީ މުބާރާތުގެ ފެއާރ ޕްލޭ ޓީމްތަކެވެ. މުބާރާތުގެ ރަނައަޕް އަންހެން ޓީމަކީ ފުއްޕީސް އަދި ފިރިހެން ރަނައަޕް ޓީމަކީ ޓީމް ޕާރޯ އެވެ.

އެންމެ މޮޅު އަންހެން 5 ކުޅުންތެރިން:
އިއްފަތު ޔޫސުފް : ހޭޝްޓެގް ރިޓާރންސް
ޝަމްނާ އަހުމަދު: ހޭޝްޓެގް ރިޓާރންސް
ޝަހުމާ އަބްދުލް ރަހުމާން: ފުއްޕީސް
ފާތިމަތު އަރޫޝާ: ޓީމް ހެޕްސް
މަރިޔަމް ސޯލިހު: ފުއްޕީސް

އެންމެ މޮޅު ފިރިހެން 5 ކުޅުންތެރިން:
މުހައްމަދު އަނީސް: ޓީމް ޕާރޯ
އިސްމާއިލް ޝަރީފް : އެފް.ސީ މުޑިކާޑް
ހަސަން ސައީދު: ޓީމް އުލުންގާނާނީ
އިބްރާހީމް ޖައުފަރު : ޓީމް ޕާރޯ
އަލީ މަހުދީ : ޓީމް އުލުންގާނާނީ

އެންމެ މޮޅު އަންހެން ކުޅުންތެރިޔާ: އިއްފަތު ޔޫނުސް - ހޭޝްޓެގް ރިޓާރންސް
އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ : ހަސަން ސައީދު: ޓީމް އުލުންގާނާނީ
އެންމެ މޮޅު ފިރިހެން ގޯލްކީޕަރަކީ: އިބްރާހީމް ސުހައިލް – އެދުރު އެފް.ސީ
އެންމެ މޮޅު އަންހެން ގޯލްކީޕަރަކީ ؛ ހަމްރާ އަހުމަދު - ހޭޝްޓެގް ރިޓާރންސް

ކްލިކް ކޮލެޖްގެ ސްޓޫޑަންޓް އެސޯސިއޭޝަން އާއި ގުޅިގެން މިކަހަލަ ދެ ވަނަ މުބާރާތެއް އަހަރުގެ ދެ ވަނަ ސެމިސްޓޭރގައި އަދި ކުރިޔަށް ދާނެ ކަމަށް އެ ކޮލެޖުން ބުނެ އެވެ.