ވިޔަފާރި

ރެސްޓޯރެންޓު އެޅުމަށް ހުރާގެ ގޮނޑުދޮށުން ބިން ދޫކުރަނީ

ރެސްޓޯރެންޓް ކެފޭ ހިންގުމުގެ ހިދުމަތްދިނުމަށް ހުރާގެ ގޮނޑުދޮށުން ބިން ކުއްޔަށް ދޫކުރަން ކ. ހުރާ ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުރާގެ ހުޅަނގު ފަރާތުގޮނޑުދޮށުން ބަނދަރުގެ ދެކުނުކޮޅު ހުރަސްތޮށީގެ ދެކުނުން ކުޑަހުރާގެ ޓެނިސްކޯޓާ ދެމެދުން މޫދު ސަރަހައްދުން 3000 އަކަފޫޓު ހިމެނޭގޮތަށް އެއްގަމުން 3000 އަކަފޫޓު، ޖުމުލަ 6000 އަކަފޫޓުގެ ބިން ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ. މި ބިން ދޫކުރަނީ ރެސްޓޯރެންޓް ކެފޭ ފަދަ ތަންތަން ހިންގުމަށެވެ.

އިއުލާނުގައިވާ ގޮތުން، ބިން ކުއްޔަށް ދޫކުރާނީ ގިނަވެގެން 20 އަހަރުދުވަހުގެ މުއްދަތަކަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މިހާރު އެ ކައުންސިލުން ވަނީ ހުޅުވާލާފަ އެވެ.