ސިވިލް ކޯޓް

ހުޅުމާލޭގައި ސިވިލް ކޯޓުގެ ގޮތްޕެއް ގާއިމުކުރަނީ

ހުޅުމާލޭގައި ސިވިލް ކޯޓުގެ ގޮތްޕެއް ގާއިމުކުރުމަށް ސްޕްރީމް ކޯޓުން ނިންމައިފި އެވެ.

ސްޕްރީމް ކޯޓުން މިއަދު ނެރުނު ގަރާރެއްގައި ބުނެފައިވަނީ، ހުޅުމާލޭގައި ސިވިލް ކޯޓުގެ ގޮތްޕެއް ގާއިމުކުރަން ނިންމާފަިއވަނީ، އެކަށީގެންވާ އަވަސް މިނެއްގައި އިންސާފު ލިބިދިނުމަކީ ގާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށްވެފައި، ތަނަވަސްވަމުން ފުޅާވަމުންދާ
އިގްތިސާދީ، ތިޖާރީ އަދި އިޖުތިމާއީ ކުރިއެރުމަށް ބޮޑަށް ފަހި ޝަރުއީ ނިޒާމެއް ގާއިމްކުރުމަށް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސިވިލް
ޖަސްޓިސް އިތުރަށް ހަރުދަނާކުރުމަށްޓަކާ ކަމަށެވެ.

މި ގޮފި ގާއިމުކުރަން ނިންމީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައިސިއްޔަތުގެ މައްޗަށާއި ރާއްޖޭގެ ޝަރުއީ ނިޒާމްގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުގެ މައްޗަށް ރިއާޔަތްކޮށް ކަމަށް ގަރާރުގައިވެ އެވެ. އަދި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 53 ވަނަ މާއްދާގައިވާ އިޖުރާއާތާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ލަފާއާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ރ)ގެ ދަށުން ހުޅުމާލޭގައި ސިވިލް ކޯޓުގެ ގޮތްޕެއް ގާއިމްކުރުމަށް އިއްޔެ ބޭއްވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އެ ގޮތްޕަށް ފަނޑިޔާރުން ހަމަޖައްސާނީ ސިވިލް ކޯޓަށް އައްޔަން ކުރެވިފައިވާ ފަނޑިޔާރުންގެ ތެރެއިން، ސިވިލް ކޯޓުގެ ލަފާގެ މަތިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށާއި އަދި އެ ގޮފީގެ އިދާރީ ކަންތައްތައް ހަމަޖައްސާނީ ހަމަޖެހިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ސިވިލް ކޯޓުން ކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ.