ބޭރު ކުޅިވަރު

ދަނޑަށް ކަރުދާސް އެޅުމުން މެޗު ހުއްޓިއްޖެ

ފްރާންސް ލީގުގައި އޮލިމްޕިކް ލިއޯން އާއި ނީސް 1-1 އިން އެއްވަރުވި މެޗުގައި ލިއޯންގެ ސަޕޯޓަރުން ދަނޑަށް ކަރުދާސް އުކުމުން މެޗު ހުއްޓިއްޖެ އެވެ.

ސަޕޯޓަރުން ދަނޑަށް ކަރުދާސް އުކަން ފެށީ މެޗުގެ 70 މިނިޓް ކުޅުން ނިމުނުފަހުންނެވެ. އަލުން ކުޅެން ފެށީ ސަފުކުރާ އާލާތްތަކުގެ އެހީގައި ދަނޑަށް އެޅި އެތައް ހާސް ކަރުދާހެއް ސާފު ކުރުމަށްފަހު އެވެ. މި ކަރުދާސްތައް ނަގައި ދަނޑު ސާފުކުރަން އުޅުނު މަސައްކަތު މީހުންނާއެކު ލިއޯންގެ ގޯލްކީޕަރު އެންތަނީ ލޮޕޭޒް ވަރަސް ބޮޑަށް ހަރަކާތްތެރިވި އެވެ.

ލިއޯންގެ ކީޕަރަށް މެޗުގެ ކުރީކޮޅު ރަތްކާޑު ދެއްކި މި މެޗު އެއްވަރުވުމުން އެ ޓީމަށް ލިބިފައިވަނީ 56 ޕޮއިންޓާއެކު ޓޭބަލުގެ ދެ ވަނަ އެވެ.
ނީސް އޮތީ 54 ޕޮއިންޓާއެކު ހަތަރު ވަނާގަ އެވެ. ތިން ވަނާގައިވަނީ 55 ޕޮއިންޓާއެކު މޮނާކޯ އެވެ. އެއްވަނާގައިވަނީ 86 ޕޮއިންޓާއެކު ޗެމްޕިއަންސް ޕީއެސްޖީ އެވެ.