ބޭރު ކުޅިވަރު

އެމްރޭ ޗާން ހަތަރު ހަފުތާ އަށް ކުޅުމާ ދުރަށް

ލިވަޕޫލްގެ ޖަރުމަނު މިޑްފީލްޑަރު އެމްރޭ ޗާން ހަތަރު މަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

އޭނާގެ ފަޔަށް އަނިޔާވީ ޔޫރޮޕާ ލީގުގައި ބޮރޫޝިޔާ ޑޯޓްމުންޑް އަތުން ބުރާސްފަތު ދުވަހުގެ ރޭ 4-3އިން މޮޅުވެ ލިވަޕޫލް ސެމީ ފައިނަލަށް ދިޔަ މެޗުގަ އެވެ.

ކޯޗު ޔާގެން ކްލޮޕް ބުނީ ހަތަރު ހަފުތާތެރޭގައި އެނބުރި ކުޅެން ނުކުމެވޭނެތީވެ ޗާން އަށް މި ސީޒަނުގައި އަދި ކުޅެވިދާނެ ކަމަށެވެ.

ނަމަވެސް ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ސްޕޭނުގެ ވިޔަރެއާލްއާ ދެކޮޅަށް މި މަހުގެ ފަހުކޮޅު އޭނާ އަށް ނުކުޅެވޭނެ އެވެ.

އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ އަކީ މި ސީޒަނުގައި ލިވަޕޫލްގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ އަށް އަނިޔާމިވީ ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ވެސް އަނިޔާވެ މި ސީޒަނުގައި ނުކުޅެވޭނެކަން ޔަގީންވެފައިވަނިކޮށެވެ.