ސައުދީ އަަރަބިއްޔާ

ސައުދީން ރާއްޖެއަށް ކާގޯ ފްލައިޓުގެ ދަތުރުތައް ފަށަނީ

ސައުދި އަރަބިއްޔާއިން ރާއްޖެއަށް ކާގޯ ފްލައިޓްގެ ދަތުރުތައް ފަށަން ނިންމައިފި އެވެ. މި ކާގޯ ފްލައިޓަކީ ސައުދީގެ ގައުމީ އެއާލައިން ކަމަށްވާ "ސައުދިއާ" ގެ ކާގޯ ފްލައިޓެވެ. "ސައުދިއާ" ގެ ދަތުރުތައް ރާއްޖެއަށް ފެށީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

ސައުދިއާ ކާގޯގެ ސީއީއޯ ނަބީލް ހުޖާ "ސްޓެޓް ޓްރޭޓް ޓައިމްސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، އެ ކާގޯ ފްލައިޓްގެ ދަތުރުތައް ގިނަ ގައުމުތަކެއްގެ ވެރިކަންކުރާ ސިޓީއަށް ފަށަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.

ނަބީލް ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަށް ކާގޯ ފްލައިޓްގެ ދަތުރުތައް މި މަހުގެ ތެރޭގައި ފަށާނެ އެވެ. ރާއްޖެއަށް މި ފްލައިޓްގެ ދަތުރުތައް ކުރާނީ ހަފުތާއަކު ދެ ދުވަހު އެވެ.

ކާގޯ ފްލައިޓްގެ ދަތުރުތައް ފުޅާވެގެން ދިޔުމާއެކު ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ނަބީލް ވަނީ ވިދާޅުވެފަ އެވެ. ސައުދީން ކާގޯ އުފުލަން ބޭނުންކުރަނީ ބޮއިން ބީ 777 މަރުކާގެ ފްލައިޓުތަކެވެ.