ވިޔަފާރި

މިލިޓަރީ ވެޓަރަންސްގެ މެންބަރުންނަށް އުރީދޫއިން ވީއައިޕީ ހިދުމަތް ދެނީ

ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން މޯލްޑިވްސް މިލްޓަރީ ވެޓަރެންސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމަކީ އެ ޖަމިއްޔާގެ މެންބަރުންނަށް ފަސޭހައިން އުރީދޫގެ ހިދުމަތް ދިނުމަށްވެވުނު އެއްބަސްވުމެކެވެ.

އުރީދޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫގެ ސީއީއޯ ވިކްރަމް ސިންހައެވެ. މިލްޓަރީ ވެޓަރެންސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ކޮމާންޑަރު މޭޖާ ޖެނަރަލް ރިޓަޔާޑް މުހައްމަދު ޒާހިރެވެ.

އުރީދޫއިން ބުނީ، މިއަދު ސޮއިކުރި އެއްބަސްވުމަކީ ރިޓައާވެފައި ތިއްބެވި ސިފައިން ގައުމަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގު އުރީދޫއިން ވަޒަންކުރުމުގެ ގޮތުންވެވުނު އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ މިލްޓަރީ ވެޓަރެންސްގެ މެންބަރަކަށް ވެސް އުރީދޫގެ އޯއައިސީތަކުން ވީއައިޕީ ހިދުމަތް ލިބޭނެ އެވެ. އަދި އެއްވެސް ކިއުއެއްގައި ނުޖެހި ވީއައިޕީ ލައުންޖުން ހިދުމަތް ލިބޭނެ ކަމަށެވެ.