މޯލްޑިވިއަން އައިޑޮލް

ފައިނަލިސްޓުން ކަށަވަރުވެ، ފާލިހާއި ޒަލީފު ގެއަށް!

ފުރަތަމަ މޯލްޑިވިއަން އައިޑޮލްގެ ފައިނަލިސްޓުން ކަށަވަރުވެއްޖެ އެވެ. ޝޯގެ ޓޮޕް ތްރީގެ ގޮތުގައި ފައިނަލަށް ގޮސްފައިވަނީ ޝަލަބީ، ލައިޝާ އަދި އިޝާނެވެ.

އެންމެފަހު ވަގުތު ޝޯއަށް އަލްވަދާއު ކިޔަން ޖެހުނީ ޒަލީފު އަދި ފާލިހަށެވެ. ފާލިހާއި ޒަލީފު ކަޓާފައިވަނީ ބެލުންތެރިންގެ ވޯޓާއި ޖަޖުންގެ މާކްސް އެއްކޮށްލުމުން އެންމެ ދަށް ނަތީޖާއެއް ލިބިގެންނެވެ.

ފާލިހު މިރޭގެ ޝޯގައި ބުނީ، މިހާ ހިސާބަށް އައުމުން އުފާކުރާ ކަމަށާއި ހުނަރުވެރި ބައިވެރިންތަކަކާއެކު ވާދަކޮށްލުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ.

"ވަރަށް ބައިވަރު އެއްޗެހި ދަސްވި، ވަރަށް ބައިވަރު ޓެކްނިކްސް ދަސްވި،" ޒަލީފު ބުންޏެވެ.

ޒަލީފު ބުނީ އައިޑޮލްއަކީ ވަރަށް ބައިވަރު ކަންތައްތައް ދަސްވި ޝޯއެއް ކަމަށާއި ފުރިހަމަ އައިޑޮލެއްގެ ހުންނަން ޖެހޭ ހުރިހާ ސިފައެއް އައިޑޮލްއިން ދަސްވި ކަމަށެވެ.

ރޭގެ ޝޯގައި ފާލިހު ދެ ލަވަ ހުށަހަޅައިދިންއިރު، ފުރަތަމަ ފާލިހު ހުށަހަޅައިދިނީ މުހައްމަދު ރަޝީދުގެ "ތަން ތަން މި ބަލަން" މި ލަވަ އެވެ. ފާލިހުގެ ލަވައާ މެދު ޖަޖުން ތިބީ ހިންހަމަ ޖެހިފަ އެވެ. ދެވަަނައަށް ފާލިހު ހުށަހަޅައިދިން ލަވައަކީ "ކުދި ޖަޒީރާތަކޭ" މިލަވަ އެވެ.

ފިޓް ގާއި ޒަލީފު ރޭ ހުށަހަޅައިދިނީ "ކާލާ މަންނަ" އެވެ. ތަފާތު ލަވައެއް ކިޔައިގެން ޒަލީފު ޖަޖުންގެ ހިތްތައް އަތުލެވޭ ގޮތެއް ނުވި އެވެ. ނަމަވެސް ލަވަ ޖަޖުންނަށް ހަޑިވީކީއެއް ނޫނެވެ. ޒަލީފު ކުރިން ދައްކާ ފެންވަރު ނެތީ އެވެ. ދެން ޒަލީހު ހުށަހަޅައިދިނީ "އޯ ވަޒަން" މި ލަވަ އެވެ.