ފޭރުން

ވައްކަމާއި ފޭރުމުގެ މައްސަލައަކާ ގުޅިގެން ބައެއް ގޭގެ ފާސް ކުރަން ފަށައިފި

Apr 25, 2016

ފުލުހުން ބަލަމުން ދެ މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ގޭގެ ފުލުހުން ބަލައި ފާސް ކުރަން ފަށައިފި އެވެ.

ފުލުހުން ބައެއް ގޭގެއަށް ވަދެ ބަލައި ފާސް ކުރަން ފެށީ ރޭ ކުރި ވައްކަމަކާއި މިއަދު ހެނުދު ހިނގި ފޭރުމުގެ މައްސަލައަކާ ގުޅިގެނެވެ. ނަމަވެ އެ ދެ ހާދިސާގެ ތަފުސީލެއް ވެސް އަދި ބަލައި ފާސް ކުރުމުގައި މީހަކު ހައްޔަރު ކުރި ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

މިވަގުތު ވެސް ބައެއް ގޭގެ އަށް ފުލުހުން ވަދެ ބަލައި ފާސް ކުރާއިރު އޭގެ ތެރޭގައި ހ. ރޯޝަން ވިލާގައި މިހާރުވެސް ފުލުހުން އެބަތިއްބެވެ.

ފޭރުމަކާއި ވައްކަމެއް މައްސަލައާއި ގުޅުވައި ފުލުހުން އޮޕަރޭޝަނެއް ފެށި އިރު އިއްޔެ ހެނދުނު ވެސ ބޮޑު ފޭރުމެއްގައި ފަސް ލައްކަ ރުފިޔާ ފޭރުނު އިރު އިއްޔެ ރޭ ތިން ތިޖޫރީއެއް ފަޅައިލި އެވެ.