ހަބަރު

އައްޑޫގައި ހުންނަ ރޫޓު ފަޅާލާ ފައިސާތަކެއް ވަގަށް ނަގައިފި

މަރަދޫ މަގެއް --
75%
25%
0%

އައްޑޫ ސިޓީ މަރަދޫގައި ހުންނަ ރޫޓް ފިހާރަ ފަޅާލައިފި އެވެ.

ރޫޓަކީ ރާއްޖޭގައި ދުންފަތާއި ސިނގިރެޓްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ބައެކެވެ. ފުލުހުން ބުނީ އައްޑޫ ސިޓީ މަރަދޫގައި ހުންނަ ރޫޓް ފިހާރަ ފަޅާލާ އެތަނުން ގިނަ އަދަދެއްގެ ފައިސާއާ ތަކެތި ވަގަށް ނަގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އެ ފިހާރަ ފަޅާލާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަަމަށެވެ.

އައްޑޫ ސިޓީ މަރަދޫގައި ހުންނަ ރޫޓް ފިހާރަ ފަޅާލާފައި މިވަނީ މާލޭގައި ހިންގާ ރޫޓް ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާތަކެއް މަގުމަތީން ފޭރެން އުޅުނު މައްސަލައެއްގައި ގިނަ ބަޔަކު ހައްޔަރުކޮށް ދައުވާ އުފުލާފައިވަނިކޮށެވެ. މިދިއަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ރޫޓު ކުންފުނީގެ 4.5 މިލިއަނެއްހާ ރުފިޔާ ޖަމާ ކުރަން ބޭންކް އޮފް ސިލޯނަށް ގެންދިޔަ މަގުމަތީގައި ބަޔަކު ފޭރެން އުޅެނިކޮށް، އެކަން ނާކާމިޔާބުކޮށްލާފައިވަނީ އެ ވަގުތު އެތާނގައިތިބި މުވައްޒަފުންނާއި ބޭންކުގެ ސެކިއުރިޓީންނެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދިޔެ

ތިޔަ ފައިސާ ތައް އަނެއްކާ ފުލުހުންނަށް ހޯދޭނެބާ،🙄🙄🙄🙄

ޢަލީ ޙަލީމު.

ނުހޯދޭނެ.......

އައިސާދީ

ތިޔަ ވާނީ ހަމަ މާލޭގަވެސް ތިޔަ ރޫޓް ގެ ފައިސާ ތައް ފޭރެން އުޅުނު ގޭންގް ގެ ބައެއް ކަމަށް🙄

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345