އެމްޓީސީސީ

"ސާބަސް ޔަންމާ" ޕްރޮމޯޝަން ފަށައިފި

އޮޑިވެރިންގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ޔަންމާ އިންޖީނުގެ ބޮޑު ޕްރޮމޯޝަން "ސާބަސް ޔަންމާ" އެމްޓީސީސީއިން މިއަދު ފަށައިފިއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ނިޔަލަށެވެ.

އެއްލައްކަ ރުފިޔާއަށްވުރެ އަގު ހުރި އިނާމް ހުށަހަޅާފައިވާ މި ޕްރޮމޯޝަންގެ ދަށުން ޔަންމާ އިންޖީނު ގަންނައިރު 10 ޕަސެންޓްގެ ޑިޕޮސިޓް ފީ ދައްކާ ފަރާތްތަކަށް އެއްލައްކަ ރުފިޔާއާއި ދެ ލައްކަ ރުފިޔާއާ ދެމެދުގެ އަގު ހުރި ސާމާނު ދޭން އެމްޓީސީސީއިން ވަނީ ނިންމާފަ އެވެ.

ޕްރޮމޯޝަނުގައި ހަދިޔާގެ ގޮތުގައި ދެނީ އޮޑިދޯނި ފަހަރަށް ބޭނުންވާ ސާމާނެވެ. އޭގެ ތެރޭގައި ޖީޕީއެސް ސިސްޓަމާއި ފިޝް ފައިންޑަރާއި ހުންގާނު ސިސްޓަމް އަދި ކާސްޓްރޯލް އަޑީތެޔޮ ހިމެނެ އެވެ.

އެމްޓީސީސީއިން ބުނީ އެ ޕްރޮމޯޝަންގެ ދަށުން 78 ހޯސްޕަވަރާއި 829 ހޯސްޕަވަރާއި ދެމެދުގެ އިންޖީނުތައް ލިބޭނެ ކަމަށާއި ޕްރޮމޯޝަން ކުރިއަށް ދާއިރު ޑިޕޮސިޓް ފީ ދައްކާ ފަރާތްތަކަށް 31 ޑިސެމްބަރު 2016 ގެ ކުރިން އިންޖީނު ގަތުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ.

ޔަންމާ އިންޖީނަކީ 1973 ވަނަ އަހަރު ރާއްޖެއަށް ތައާރަފް ކޮށް ދޯންޏެއްގައި އެޅި ފުރަތަމަ އިންޖީނެވެ. އެގޮތުން ދިވެހިންގެ މެދުގައި ޔަންމާ އިންޖީނު މަޝްހޫރުވެފައިވަނީ ތެޔޮ ހަރަދު ކުޑަ، އުމުރު ދިގު އަދި ހަލުވި އިންޖީނެއްގެ ގޮތުގައެވެ. ރާއްޖޭގައި ޔަންމާ ބޭނުންކުރަން ފެށިތާ 40 އަހަރު ފުރިއްޖެ އެވެ. ނަމަވެސް އެމްޓީސީސީއިން ރާއްޖޭގައި ޔަންމާ އިންޖީނު ވިއްކާތާ މިހާރު 35 އަހަރެވެ.

ޔަންމާގެ އިތުރުން ސުޒުކީ އައުޓްބޯޑް އިންޖީނު ވެސް އެމްޓީސީސީއިން ލިބެން ހުރެއެވެ.