މޯލްޑިވިއަން އައިޑޮލް

މޯލްޑިވިއަން އައިޑޮލަކީ ލައިޝާ

  • ލައިޝާއަށް 250،000ރ. އާއި އެތައް އިނާމެއް
  • ދެވަނަ ޝަލަބީއަށް، ތިންވަަނަ އިޝާނަށް
  • ފައިނަލިސްޓުންނަށް ފަސް މިލިއަން ރުފިޔާގެ އިނާމް

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވި މޯލްޑިވިއަން އައިޑޮލް ލައިޝާ ކާމިޔާބުކޮށްފި އެވެ. މޯލްޑިވިއަން އައިޑޮލް ހޮވީ، ޝޯގެ ތިން ޖަޖުންގެ 50 ޕަސެންޓް ވޯޓާއި އާންމުންގެ 50 ޕަސެންޓް ވޯޓުންނެވެ.

ލައިޝާއަށް މޯލްޑިވިއަން އައިޑޮލްގެ ޓްރޮފީ ހަވާލުކޮށްދެއްވީ، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމެވެ.

މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރުމުން ލައިޝާއަށް ވަނީ 250،000 ރުފިޔާ ހަދިޔާކޮށްފަ އެވެ. އަދި އޭގެ އިތުރުން ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާގެ އިނާމް ލައިޝާއަށް ވަނީ ލިބިފަ އެވެ.

ޝޯގެ ދެވަނަ ޝަލަބީއަށް ލިބިފައިވާއިރު، ތިންވަނަ ލިބިފައިވަނީ އިޝާނަށެވެ.

އިޝާނަށް ލިބުނު އިނާމްތައް:

  • ދިރާގު މައިޓޯންސްގެ އިޝާންގެ ލަވަތަކަށް ލިބޭ ފައިސާ އެއް އަހަރަށް
  • ތިން މަސްދުވަހުގެ މީލް ޕްލޭނެއް ސީހައުސްއިން
  • އެލައިޑްގެ ގޯލްޑް ކާޑް
  • 10،000 ރުފިޔާ އަދި އެކްސްއެލްގެ އެންބެސެޑާޝިޕް
  • އެމްއޭސީއެލްގެ ބިޒްނަސް ލޯންޖްގެ ހިދުމަތް އެއް އަހަރަށް
  • ދިރާގުގެ އެންބެސެޑާޝިޕް
  • މޯލްޑިވިއަން އިން ބެންކޮކަށް ދެކޮޅު ޓިކެޓާއި ހަތް ދުވަހުގެ ހުރުން
  • ނިއު ޕޯޓުން ގިޓާ ސައުންޑް ސިސްޓަމެއް
  • ޕީއެސްއެމް އިން ސޯލޯ އަލްބަމެއް، އޭބީޔޫ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު
  • މީގެއިތުރުން ވެސް އެސްޓީއޯ، ކޮޕިއާ ޕްލަސް، ލެކިއުޓް، ދަ ޕާފިއުމް، އަދި މޯލްޑިވް ގޭސްގެ ހަދިޔާތައް

ޝަލަބީއަށް ލިބުނު އިނާމްތައް:

  • ދިރާގު މައިޓޯންސް އިން ސަލަބީގެ ރެވެނިއުގެ 100 ޕަސެންޓް ދެ އަހަރަށް
  • އެއް އަހަރު ދުވަހަށް މީލް ޕްލޭނެއް ސީހައުސްއިން
  • އެލައިޑްގެ ގޯލްޑް ކާޑް
  • 25،000 ރުފިޔާ އަދި އެކްސްއެލްގެ އެންބެސެޑާޝިޕް
  • އެމްއޭސީއެލްގެ ބިޒްނަސް ލޯންޖްގެ ހިދުމަތް އެއް އަހަރަށް
  • ދިރާގުގެ އެންބެސެޑާޝިޕް
  • މޯލްޑިވިއަން އިން ބެންކޮކަށް ދެކޮޅު ޓިކެޓާއި ހަތް ދުވަހުގެ ހުރުން
  • ނިއު ޕޯޓުން ގިޓާ ސައުންޑް ސިސްޓަމެއް
  • ޕީއެސްއެމް އިން ސޯލޯ އަލްބަމެއް، އޭބީޔޫ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު
  • މީގެއިތުރުން ވެސް އެސްޓީއޯ، ކޮޕިއާ ޕްލަސް، ލެކިއުޓް، ދަ ޕާފިއުމް، އަދި މޯލްޑިވް ގޭސްގެ ހަދިޔާތައް

ލައިޝާއަށް ލިބުނު އިނާމްތައް:

  • ދިރާގު މައިޓޯންސް ލައިޝާގެ ރެވެނިއުގެ 100 ޕަސެންޓް ދެ އަހަރަށް
  • އެއް އަހަރު ދުވަހަށް މީލް ޕްލޭނެއް ސީހައުސްއިން
  • އެލައިޑްގެ ގޯލްޑް ކާޑް
  • 25،000 ރުފިޔާ އަދި އެކްސްއެލްގެ އެންބެސެޑާޝިޕް
  • އެމްއޭސީއެލްގެ ބިޒްނަސް ލޯންޖްގެ ހިދުމަތް އެއް އަހަރަށް
  • ދިރާގުގެ އެންބެސެޑާޝިޕް
  • މޯލްޑިވިއަން އިން ބެންކޮކަށް ދެކޮޅު ޓިކެޓާއި ހަތް ދުވަހުގެ ހުރުން އަދި ޗައިނާ ފިޔަވާ އިތުރު ގައުމަކަށް ދިޔުމަށް 10،000 ރުފިޔާ
  • ނިއު ޕޯޓުން ގިޓާ ސައުންޑް ސިސްޓަމެއް
  • ވިލާ ކޮލެޖުން ޑިގްރީ ނުވަތަ ސެޓްފިކެޓް 3 ހާސިލުކުރުމަށް ސްކޮލަޝިޕެއް
  • ޕީއެސްއެމް އިން ސޯލޯ އަލްބަމެއް، އޭބީޔޫ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު
  • މިޔުޒިކް ސްކޮލަޝިޕެއް
  • ދެ ލައްކަ ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމް ޕީއެސްއެމްއިން
  • އަމިއްލަ ފަރާތަކުން މެޑިކަލް ސްކޮލަޝިޕެއް
  • މީގެއިތުރުން ވެސް އެސްޓީއޯ، ކޮޕިއާ ޕްލަސް، ލެކިއުޓް، ދަ ޕާފިއުމް، އަދި މޯލްޑިވް ގޭސްގެ ހަދިޔާތައް

މޯލްޑިވިއަން އައިޑޮލް އަށް ލަވަކިޔުންތެރިން ހޮވާފައި ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުރިއަށް ގެންދިޔަ އޮޑިޝަންތަކަކުންނެވެ. ގާތްގަނޑަކަށް 600 އެއްހާ ބައިވެރިން އޮޑިޝަންތަކަށް ގޮސް ލަވަކިޔާފައިވާއިރު ޝޯގެ ދެ ވަނަ ރައުންޑް، ތިއޭޓާ ރައުންޑަށް 45 ލަވަކިޔުންތެރިން ނެގި އެވެ.

މި ޝޯގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގު އެވެ. މެއިން ސްޕޮންސަރުންނަކީ ލޮޓަސް، ވަޓިކާ، އެލައިޑް އިންޝުއަރެންސް އަދި މޯލްޑިވިއަން އެވެ.

ޝޯގެ ގަދަ ތިނެކަށް ފަސް މިލިއަން ރުފިޔާގެ އިނާމް ހުށަހަޅާފައި ވަނީ ސްޕޮންސަރުންނެވެ. މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަން ފަށާނެކަން މިރޭ ވަނީ އިއުލާންކޮށްފަ އެވެ.

ލައިވް ކަވަރޭޖް