ވިޔަފާރި

މިފަހަރު އީވޯހޯމްގެ ރޯދަ ޕްރޮމޯޝަން ވަރަށް ސަޅި!

އީވޯހޯމްގެ ރޯދަ ޕްރޮމޯޝަން އިއްޔެ ފަށައިފި އެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ ރޯދަ މަހުގެ ނިޔަލަށެވެ.

މި މުއްދަތުގައި އީވޯހޯމްއިން ވިޔަފާރިކުރާ ފަރާތްތަކަށް 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ފިހާރައިން ބުނެ އެވެ. އަދި ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ހާއްސަ ގުރުއަތުލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ގުރުއަތުން ތިން ނަސީބުވެރިއެއް ހޮވާނެ އެވެ. ނަސީބުވެރިންނަށް ކަނޑައަޅާފައިވާ އިނާމްތަކުގެ އަގު ވަރަށް ވެސް ބޮޑެވެ.

އިނާމްތައް:

  • އެއްވަނަ އިނާމް: ކިޗަން ކަބަޑްސެޓް (80،000 ރުފިޔާގެ އަގުހުރި)
  • ދެވަނަ އިނާމް: ބެޑްރޫމް ސެޓް (20،000 ރުފިޔާގެ އަގުހުރި)
  • ތިންވަނަ އިނާމް: އީވޯ އައުޓްލެޓްއިން ވިޔަފާރިކޮށްލަން 10،000 ރުފިޔާގެ ވައުޗަރެއް

މީގެއިތުރުން ވެސް ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އެހެން ބައެއް އިނާމްތައް ކަސްޓަމަރުންނަށް ދޫކުރުމަށް ވެސް އީވޯހޯމްއިން ވަނީ ނިންމާފަ އެވެ.

އެހެން ޕްރޮމޯޝަނެއް ވެސް

ރޯދަ ޕްރޮމޯޝަންގެ އިތުރުން ވެސް އެހެން ޕްރޮމޯޝަނެއް އީވޯހޯމްގައި މިހާރު ކުރިއަށްދެ އެވެ. އެއީ ބެޑް ލިނެންއަށް ހާއްސަ ޕްރޮމޯޝަނެކެވެ. ޕްރޮމޯޝަން ހާއްސަކޮށްފައިވަނީ ނެދަލެންޑްސްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ވެންޑީކްގެ ބެޑް ލިނެން އަށެވެ. އޭގެން ކޮންމެ ސެޓެއް 400 ރުފިޔާ އާއި 500 ރުފިޔާއާ ދެމެދު ލިބޭނެ އެވެ.