ރާއްޖެ ކުޅިވަރު

މާޒިޔާގެ ފްރާންސް ފޯވަޑް އަތުވެއްޖެ

މާޒިޔާގެ ފްރާންސް ފޯވަޑް މާލެ އައިސް ޓީމާ ގުޅިއްޖެ އެވެ.

މެލޭޝިޔާގެ ޕުޓްރާޖާޔާ އެފްސީ އަށް ކުޅުނު މިކާލާއީލް ޔޫސުފް ޓީމާ ގުޅުނީ އިއްޔެ އެވެ.

ބެލްޖިއަމްގެ އެފްސީ ބުރަސެލްސް އަށް ވެސް ކުޅުނު މީކާލާއިލް އަކީ ފޯވަޑެއްްގެ އިތުރުން އެޓޭކިންގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކުޅުންތެރިއެކެވެ.

ހިލޭޖެހުންތަކަށް ވެސް ރަނގަޅު މި ކުޅުންތެރިޔާ އެންމެ ފަހުން ކުޅުނީ މެލޭޝިއަން ޕްރެމިއާ ލީގުގަ އެވެ.

މޮޅު ކުޅުންތެރިންތަކަކާއެކު ވަރުގަދަ ސްކޮޑެއް މިހާރުވެސް އޮތް ޓީމާ އޭނާ ޓީމާ ގުޅުމުން މާޒިޔާގައި ބިދޭސީ ދެ ކުޅުންތެރިން ތިބޭނެ އެވެ. އެއީ ބަލްގޭރިޔާގެ ޑިފެންޑަރު ޒިވްކޯ ޓޮޑޮރޯވް މިހާރު ވެސް ޓީމާ ގުޅިފައިވާތީ އެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާ ނުކުންނާނީ ބީޖީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.