އެމްޓީސީސީ

އެމްޓީސީސީން މާލޭގައި ޕްރިމިއަމް ޓެކްސީގެ ހިދުމަތްދޭން ޝައުގުވެރިވެއްޖެ

މާލެ އާއި ހުޅުމާލޭގައި އިލެކްޓްރިކް ނުވަތަ ހައިބްރިޑް "ޕްރިމިއަމް ޓެކްސީ" ގެ ހިދުމަތް ދިނުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ޝައުގުވެރިވެއްޖެ އެވެ.

އެ ކުންފިން މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ސަރުކާރުން އެ ހިދުމަތްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރުމުންނެވެ.

މާލޭ ސިޓީގައި ފަށަން ނިންމާފައިވާ ޕްރިމިއަމް ޓެކްސީ" ގެ ހިދުމަތަކީ ޓެކްސީގެ ހިދުމަތް ޒަމާނީކޮށް، ފަސޭހަކުރުމުގެ ގޮތުން ފަށާ ހިދުމަތެކެވެ. މި ހިދުމަތް އަލަށް ފަށާއިރު، ޓެކްސީތައް ވާންޖެހޭނީ ހައިބްރިޑް ނުވަތަ ކަރަންޓުން ޗާޖުކޮށްގެން ދުއްވާ ކާރުތަކަކަށެވެ.

އެފަދަ ކާރުތަކުގައި ޓެކްސީ ދަތުރުގެ ފައިސާ ކޭޝް ކާޑު ނުވަތަ ޑެބިޓް ކާޑުން ދެއްކޭނެ ފަދަ ނިޒާމެއް ގާއިމްވެފައި ވެސް ހުންނާނެ އެވެ.