ޓޫރިޒަމް

ރަޝިއާގެ ޓޫރިޒަމް ފެއާއެއްގައި މަޓާޓޯއިން ބައިވެރިވަނީ

ރަޝިއާގައި ބާއްވާ ޓޫރިޒަމްގެ ބޮޑު ފެއާއެއްގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓްރެވެލް އޮޕަރޭޓާސް (މަޓާޓޯ) އިން ބައިވެރިވާން ނިންމައިފި އެވެ.

މާޓާޓޯއިން ބައިވެރިވާ ފެއާއަކީ އަންނަ ސެޕްޓެމްބަރު މަހުގެ 21 ން 24 ށް ކުރިއަށް ގެންދާ "އޯޓީޑީވައިކޭއެޗް ލެޝާ 2016" އެވެ. މި ފެއާއަކީ ރަޝިއާގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ އެވެ. އެކްސްކްލޫސިވް ޓޫރިޒަމަށާއި ލަކްޒަރީ ޓްރެވެލް ސާވިސްއަށް މި ފެއާއަކީ އެ ގައުމުގައި އޮންނަ ހަމައެކަނި ޓްރޭޑް އެކްޒަބިޝަނެވެ. މި އަހަރު ބާއްވަނީ މި ފެއާގެ 22 ވަނަ ފެއާ އެވެ. މީގެ ކުރިން ވެސް މަޓާޓޯއިން މި ފެއާގައި ތިން އަހަރު ބައިވެރިވެފައި ވެއެވެ.

މާޓާޓޯއާއެކު މި ފެއާގައި ބައިވެރިވުމަށް ރަޖިސްޓާކުރުމުގެ ޓްރެވެލް އެޖެންޓްސް، ޓްއާ އޮޕަރޭޓާސް އަދި ހޮޓްލް ހިންގާ ފަރާތްތަކަށް ވަނީ ހުޅުވާލާފަ އެވެ.

މި އަހަރުގެ ފެއާގައި 70 ވަރަކަށް ގައުމުން 700 އެއްހާ ފަރާތް ބައިވެރިވާނެ އެވެ. އަދި ފެއާއަށް 60،000 މީހުން ޒިޔަރާތް ކުރާނެ އެވެ.