ގުޅިފަޅު

ގުޅިފަޅުގައި ފިހާރަ އާއި ކެފޭ ހިންގަން ފުރުސަތު ހުޅުވާލައިފި

ސަރުކާރުގައި ހިއްކައިގެން ހެދި ގުޅިފަޅުގައި ފިހާރަ އަދި ކެފޭ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް، ތަން ކުއްޔަށްދޫ ކުރުމަށް ހުޅުވާލައިފި އެވެ.

މި ސަރުކާރުން ވަރަށް ފަހުން ގުޅިފަޅު ހިންގުން ހަވާލުކުރި ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ފިހާރަ އަދި ކެފޭ ހިންގުމަށް ތަން ކުއްޔަށް ނެންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހު 2:00 އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް، އެ އޮފީހަށް ހާޒިރުވުމަށެވެ. ބީލަން ހުށަހެޅުން އޮންނާނީ 2016 މޭ 31 ވާ އަންގާރަ ދުވަހުގެ 2:00 ގަ ކަމަށެވެ.

އެ އިއުލާނުގައިވާ ގޮތުން މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ އެވެ. ބީލަން ހުށަހަޅަންވާނީ، ސިޓީ އުރައެއްގައި ބަންދުކޮށްގެން ކަމަށާއި މައުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާތިލުކުރެވޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.