ސިވިލް ކޯޓް

މެންބަރު ތޯރިގާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ބާތިލުކޮށްފި

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގުގެ މައްޗަށް އަމިއްލަ ކުންފުންޏަކުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ބާތިލްކޮށްފި އެވެ. މި މައްސަަލަ ބާތިލުކޮށްފައިވަނީ ތޯރިގު އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ ކޯޓުން ބޭރުގައި ދައްކާ ހަލާސްކުރުމުންނެވެ.

މި މައްސަަލަ ތޯރިގާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ފިއުލް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. މައްސަލަ ހުށަހެޅީ ތެލުގެ އަގުގެ ގޮތުގައި ދައްކަންޖެހޭ 107،261.45 ރުފިޔާ ނުދައްކާވާތީ އެ ފައިސާ ތޯރިގު ކިބައިން ހޯދުމަށެވެ.

މި މައްސަލަ ބާތިލްކޮށްފައިވަނީ، ހުކުމްގައިވާ ގޮތުން ފިއުލް އެކްސްޕްރެސް މޯލްޑިވްސްއަށް ލިބިންޖެހޭ އެންމެހާ ފައިސާ ކޯޓުން ބޭރުގައި ދައްކައި ހަލާސްކޮށްފައިވާތީ އެވެ. އަދި މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ އެ ކުންފުނިން ސިޓީއެއް އެ ކޯޓަށް ހުށަހަޅާފައިވާތީ އެވެ.