ހަބަރު

މޫސުން ގޯސްވުމުން ހުޅުމާލެ އާއި ވިލިމާލެ ފެރީ މެދުކަނޑާލައިފި

މޫސުން ގޯސްވެ، ކަނޑުގަދަވުމާ ގުޅިގެން މާލެ - ހުޅުމާލެ އަދި މާލެ - ވިލިމާލެ ފެރީގެ ހިދުމަތް މެދުކަނޑާލައިފި އެވެ.

މި ހިދުމަތް ދެމުންގެންދާ އެމްޓީސީސީއިން ބުނީ ހުޅުމާލެ ފެރީގެ ހިދުމަތް މެދުކަނޑާލީ ހަވީރު 5:30 ގައި ކަމަށާއި ވިލިމާލެ ފެރީ މެދުކަނޑާލީ 5:45 ގައި ކަމަށެވެ.

އެމްޓީސީސީއިން ބުނީ ފެރީގެ ހިދުމަތް އަލުން ފަށާނީ މޫސުން ރަނގަޅުވެ ދަތުރުކުރުމަށް ރައްކާތެރިކަމަށް މެޓުން އެންގުމުން ކަމަށެވެ. މޫސުން ރަނގަޅުވިހާ އަވަހަކަށް އަލުން ފެރީގެ ހިދުމަތް ފަށާނެ ކަމަށެވެ.

މީގެ ކުރން ވެސް މޫސުން ގޯސްވުމުން މި ހިދުމަތް މެދު ކަނޑާލަންޖެހިފައި ވެއެވެ/