އޮފްބީޓް

މިއީ އެންމެ ޕާފެކްޓް ޕްރޮޕޯސަލް!

ފޮޓޯއިން ފެންނަ ދެމީހުންގެ ވާހަކައަކީ ތަފާތު ވާހަކައެކެވެ. ފޮޓޯއިން ތި ފެންނަނީ ދެ ލޮރެންޒާ ޕާޑޯ އަދި ލުއިސް ބުރުނޯ އެވެ. އެއީ ދެ ބައިވެރިންނެވެ. "އެންމެ ޕާފެކްޓް ޕްރޮޕޯސަލް" ކުރި މީހެއްގެ ލަގަބު ވެސް ބައެއް މީހުން މިވަނީ ލުއިސް ބުރުނޯ އަށް ދީފަ އެވެ.

ލުއިސް އޭނާގެ ލޯބިވެރިޔާ ލޮރެންޒާއަށް ޕްރޮޕޯސްކުރި ގޮތް ވަނީ ވަރަށް ކަމު ގޮސްފަ އެވެ. އެ ފޮޓޯތައް ވެސް މިވަނީ އާންމުވެފަ އެވެ. މި ދެ މީހުން ލައިސްގެ ޅިއަނާއެކު ދިޔައީ ފޮޓޯ ޝޫޓަކަށެވެ. އެ ފޮޓޯ ޝޫޓަކީ ވިހެއުމުގެ ކުރިން ލޮރެންޒާ ފޮޓޯ ނަގަން ބޭނުންވެގެން ނެގި ފޮޓޯ ޝޫޓެކެވެ. ލުއިސް އާއި ލޮރެންޒާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ފަސް އަހަރުވެފައިވީ ނަމަވެސް ކައިވެންޏަކާ ހަމައަށް ގޮސްފައެއް ނުވެ އެވެ.

ފްލޮރިޑާގައި މި ފޮޓޯ ޝޫޓް ނަގަމުން ދަނިކޮށް، ލުއިސް ވަނީ ލޮރެންޒާ ގާތު އިންނަން އަހާފަ އެވެ. ލުއިސް، ލޮރެންޒާއަށް ޕްރޮޕޯސްކުރަމަށް ތުއްތު ކުއްޖެއްގެ ހެދުމެއްގައި ލިޔުން ކޮޅެއް ލިޔެ ވަނީ ދައްކާފަ އެވެ. އެ ހެދުމުގައި ލިޔެފައި އޮތީ، "މަަމީ، ވިލް ޔޫ މެރީ މައި ޑެޑީ،" މިހެންވެ. މި ލޔުން ކޮޅު ގިނަ ބަޔަކަށް ވަރަށް "ލޯބިވި" އެވެ.

"އަހަރެންނަށް ފުރަތަމަ އަނގޮޓި ލުއިސް އަތުން ފެނުމުން ގަބޫލެއް ވެސް ނުކުރެވުން، އަހަރެމެން ކައިވެންޏާމެދު މީގެކުރިން ވެސް ވަރަށް ވާހަކަ ދެއްކިން، އަހަރެންނަށް އެނގޭ އަހަރެމެން ދެ މީހުން ދިރިއުޅެނީ ވެސް އެކުގައިކަން، އެކަމަކު އެ ވަގުތު އަހަރެންނަށް އެކަން ގަބޫލެއް ވެސް ނުކުރެވުނު،" ލޮރެންޒާ ބުންޏެވެ.

"ލުއިސް ހަމަ އަސްލަށް ވެސް ހުށަހެޅީ އެންމެ ޕާފެކް ޕްރޮޕޯސަލް، ވަރަށް ހިތްގައިމު ވަގުތުކޮޅެއް،"

ޕްރޮޕޯސަލް ކުރި ވަގުތު ފޮޓޯތަކާއި އެ ދެ މީހުންގެ އިހުސާސްތައް ފޮޓޯގްރާފަރު ވަނީ ވަރަށް ފުރިހަމައަށް ޝޫޓްކޮށްފަ އެވެ. މި ފޮޓޯތައް ވެސް ގިނަ ބަޔަކު ކަމު ގޮސްފައިވާއިރު ފޮޓޯތައް ނެގި ކެވިން ބުނީ، އެ މަންޒަރުތައް ކެމެރާއަށް ނަގާލުމަށް ލިބުމުން ވަަރަށް އުފާކުރާ ކަމަށެވެ.