އޮފްބީޓް

އެންމެ ދިގު ޕިއްޒާ، މޭލަކަށްވުރެ ދިގު!

އެންމެ ދިގު ޕިއްޒާ ހެދުމުގެ އާ ރިކޯޑެއް ގާއިމުކޮށްފި އެވެ. މި ޕިއްޒާ މިހާރު ވަނީ ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދާފަ އެވެ.

މި ޕިއްޒާ އަޅާފައިވާ އިޓަލީގެ ނެޕަލްސް ކޯސްޓްގެ މަގުމަތީގަ އެވެ. ޕިއްޒާ އެޅުމުގައި 250 ޝެފުން ހަރަކާތްތެރިވެފައިވެ އެވެ. ޕިއްޒާ އެއްކޮށް ނިންމާލުމަށް 11 ގަޑިއިރު ހޭދަވި އެވެ. ޕިއްޒާ އެއްކޮށް ނިމުނުއިރު ޕިއްޒާގެ ދިގުމިނުގައި 1.15 މޭލު ހުއްޓެވެ.

ޕިއްޒާ އަޅާފައިވަނީ ފުރޮޅުލީ ފަސް ދަރު އުދުން ބޭނުން ކޮށްގެންނެވެ. ޕިއްޒާ އެޅީ ފޫޓަކުން ފޫޓަކުން ފިހެގެންނެވެ. ޕިއްޒާ މި މިނަށް ދިގު ކުރެވުމުން ޕިއްޒާ ފިހުން ހުއްޓާލާ، ޕިއްޒާ ވަނީ މީހުންނަށް ބަހާފަ އެވެ. ޕިއްޒާ ބެހުމުގައި އިސްކަން ދިނީ ބޭނުންޖެހިފައިވާ މީހުންނަށެވެ.

ޕިއްޒާ އެޅުމަށް ބޭނުންކުރި ތަކެތި

  • 2.2 ޓަނު ފުށް
  • 2.2 ޓަނު މޮޒެރެއްލާ ޗީޒް
  • 3،527 ޕައުންޑްގެ ޓޮމާޓޯ ސޯސް
  • 200 ލީޓަރުގެ އޮލިވް އޮއިލް
  • 66 ޕައުންޑްގެ ފްރެޝް ބޭސިލް

މީގެކުރިން މި ރިކޯޑް ހަދާފައިވަނީ މިލާންގައި މިދިޔަ އަހަރު ބޭއްވި އެކްސްޕޯގަ އެވެ. އެ އެކްސްޕޯގައި 1,595 ހުރި ޕިއްޒާއެއް އަޅާފައިވެ އެވެ.