ރިޕޯޓް

އެކްސްޕްލެއިނާ: ހުޅުމާލެ، އުންމީދުގެ ސަހަރު!

  • ދެ އަހަރުން 15800 ހައުސިން ޔުނިޓް
  • އޯޕަން ސްޕޭސް ބޮލަކަށް 2.50 ސްކޮޔާމީޓަރު
  • މިއަހަރު އެކަނި ރީޓެއިލް 40،000 އެކަފޫޓަށް

މީހުން ދިރިއުޅެން ފެށިތާ މި މަހު 12 އަހަރު ފުރޭ ހުޅުމާލެ ވެފައިވަނީ ރާއްޖޭގެ އެންމެންގެ އުންމީދާ ގުޅީފައިވާ ސިޓީއަށެވެ. މިހާރު 35،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ހުޅުމާލޭގައި އެބައޮތެވެ. އެއާއެކު ހުޅުމާލޭގެ ތަރައްގީ ސްޕީޑާމެދު ބައެއް މީހުން ސުވާލު ކޮށްފާނެ އެވެ. އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ދެ އަހަރާ ބައިވި އިރު އެންމެ ފާހަގަ ކުރެވެނީ ހުރިހާ ދިމާއަކުން ވެސް "ސްޕީޑެ" އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ސްޕީޑް ހުޅުމާލެއަށް އެޕްލައި ކޮށްލުމުން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަށްވާނީ ހުޅުމާލޭގެ ދެވަނަ ފޭސް ރިކޯޑް ސްޕީޑެއްގައި ހިއްކާ ނިންމާލައި ޝޯ ޕްރޮކެޓްކޮށް މަގުތައް ހަދަން ފަށައި އާ ރޯކަމާއި ފެހިކަން އަންނަން ފެށުމެވެ.

"ސްޕީޑަށް އެޕްލައިކޮށްގެން ބަލާނަމަ [ހުޅުމާލޭގައި] މިހާރު އެންމެ ފާހަގަ ކުރެވިފައިވާ ކަމަކީ ވެސް ކަންކަމުގެ ސްޕީޑް. ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ މި މަހު 12 އަހަރު ފުރެނީ. މިއަށް ނަޒަރު ހިންގާލާއިރު ހުޅުލުމާލޭގައި ގަވަމެންޓް ސަޕޯޓެޑް ސޯޝަލް ހައުސިންގެ ގޮތުގައި 10 އަހަރުގެ ތެރޭގައި މީހުން ދިރިއުޅެމުން އައީ ގާތްގަނޑަކަށް 2000 އެއްހާ ހައުސިން ޔުނިޓްގައި" އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން ވިދާޅުވި އެވެ. "ނަމަވެސް ބާކީ އޮތް ބައިގައި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 15800 ހައުސން ޔުނިޓްގެ މަސައްކަތުގެ އެގްރިމެންޓްގައި ސޮއިކުރެވި ސްޕީޑް ނަގައިގެން ކުރިޔަށް މިއޮށްދަނީ،"

އޮތީ ރައީސް ޔާމީންގެ ސަރުކާރުގެ ސްޕީޑްގައި 2018 އިގެ ކުރިން ކިހާވަރެއް ހާސިލް ވާނެތޯ ކުރެވޭ ސުވާލެވެ.

ސައިމަން ވިދާޅުވި ގޮތުގައި މިހާރު ވެސް 700 ހައުސިން ޔުނިޓް ނިމުމަކާ ހަމައަށް ގޮސް އަންނަ އަހަރުގެ ތެރޭގައި އެތަންތަނަށް މީހުން ވަދެ ދިރިއުޅެން ފަށާނެ އެވެ. އަދި ބާކީ އޮތް 15000 އެއްހާ ހައުސިން ޔުނިޓް އަލަށް ހިއްކި ފޭސް ދޭއްގެ ޑިވެލޮޕް ކުރާއިރު 2018 ގެ މެދެއްހާ ހިސާބުގައި އެ ތަންތަނުގައި ފަސޭހަ ކަމާއެކު މީހުނަށް ދިރިއުޅެނެ ފެށޭނެ އެވެ. އެ އުންމީދާއި ޔަގީންކަން އެޗްޑީސީއަށް އެބައޮތެވެ.

ހުޅުމާލޭގެ ކޮމާޝަލް ނުވަތަ ރީޓެއިލް ސްޕޭޝަންއަށް ދާއިރު ހިސާބު ނަމްބަރުތަކުން ދައްކަނީ 10 އަހަރު ދުވަހުގެ ތެރޭގައި ހުޅުމާލެއިން ނެރެވިފައި ވަނީ 30،000 އަކަފޫޓް ގެ ރީޓެއިލް އައުޓްލެޓްސް ސްޕޭސްގެ ގޮތުގަ އެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި މިއަހަރު އެކަނިވެސް ހުޅުމާލެއިން ވަނީ 40،000 އެކަފޫޓަށްވުރެ ގިނަ ރީޓެއލް ސްޕޭސް ހުޅުވާލާފަ އެވެ.

"މިއިން އެބަ ދައްކައިދޭ ހުޅުމާލޭ ޑިވެލޮޮޕްމަންޓަށް ސްޕީޑް އެޕްލައިވެފައިވާ މިންވަރު، ހާއްސަކޮށް މިދިއަ ދެ އަހަރު ނޫނީ މި އަހަރުގެ ތެރޭގައި އެ ސްޕީޑް އައި މިންވަރު،" ސައިމަން ވިދާޅުވި އެވެ.

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ތަރައްގީ ކުރާ ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާ ބަދަލު ކޮށްލާނެ ބިޔަ ޕްރޮޖެކްޓެކެވެ. އަންނަ އަހަރުގެ ކުރީ ކޮޅުގައި އެ ހޮސްޕިޓަލްގެ ހިދުމަ ލިބެން ފަށާއިރު އެއީ ރާއްޖޭގައި ހަދާ އެންމެ ބޮޑު ޕްރައިވެޓް އަދި އިންޓަނޭޝަނަލް ކުންފުންޏަކުން މެނޭޖް ކުރާ ހާއްސަ ހިދުމަތަކަށް ވެގެންދާނެ އެވެ. އަނެއް ކޮޅުން އަމިއްލަ ފަރާތްތަކުން ލަގްޒަރީ ހައުސިންގެ ސެގެމެންޓްްތަކުގައި ގެންނަ ހައުސިން ޔުނިޓްތައް ފެންނަމުން ޑެލިވާވަމުން އަންނަ އިރު އިންޑަސްޓްރިއަލް އޭރިއާ ނޫނީ ސިނާއީ ސަހަރުން ވެސް ފެންނަނީ އެ ޓްރެންޑެވެ.

"ޝޮޕް ސްޕޭސް ނުވަތަ ރީޓެއިލް ސްޕޭސް އާއި އެހެނިހެން ޑިވެލޮޕްމެންޓްސްތަކަކީ ވަޒީފާ، އެތައް ބައެއްގެ ވަޒީފާގެ ފުރުސަތުތައް ހުޅުމާލޭގެ ހުރިހާ އޭރިއާއެއްގައި ވެސް މި ފެންނަނީ މި ޓްރެންޑް އެހެންވީމަ އަޅުގަނޑުމެނަށް އެބަ އެނގޭ ތަރައްގީ އާއި އާރޯކަން ސިޓީއަށް އަންނަކަން އަދި މި ފެންނަނީ މިއީ އުންމީދުން ފުރިގެންވާ އުންމީދީ ސޓީ އެއްގެ ގޮތުގައި! 12 އަހަރުގެ ހިސާބުން ނަމްބަރު އެކަން ޔަގީންވޭ، މިއީ ދަ ސިޓީ އޮފް ހޯޕް،" ސައިމަން ވިދާޅުވި އެވެ.

ސައިމަން ވިދާޅުވި ގޮތުގައި ހުޅުމާލޭ ފޭސް ދޭއް ރިކޯޑް ސްޕީޑެއްގައި ހިއްކައި މަސައްކަތްތައް ބާރަށް ހިނގާއިރު ޔޮޓް މެރީނާ އާއި ޓޫރިޒަމް އައިލެންޑް ވަރަށް އަވަސް ސްޕީޑެއްގައި ގޮސް ފެނިގެންދާނެ އެވެ. އެކަން ކަމަށް ބުރަކޮށް ދަނީ މަސައްކަތް ކުރެވި ނަތީޖާ ވެސް ނެރެވެމުންނެވެ.

ހުޅުމާލެ ޑިވެލޮޕްމެންޓްގެ އެއް އޭރިއަކީ އަކީ ދުޅަހެޔޮ ސިއްހީ ދިރިއުޅުމާއި ސްޕޯޓްސް އާއި ރިކްރިއޭޝަނެވެ. ސެންޓްރެލް ޕާކެއް ފުރިހަމައަށް ތަރައްގީވެ އެއް ސެގްމެންޓް ހުޅުވި ނަމަވެސް އެ ފެސިލިޓީޒްތަކާއި އޯޕަން ސްޕޭސްތައް އަދި ވަރަށް މަދެވެ. އޭގެ ސަބަބުން މިހާރުގެ ފޯކަސްއަކަށްވެފައި ވަނީ އޯޕަން ސްޕޭސް ހުޅުމާލޭގައި އިތުރު ކުރުމެވެ. ސްޕޯޓްސް އާއި ރިކްރިއޭޝަނަލް ފެސިލިޓީޒްތައް ވެސް އިތުރު ކުރުމެވެ.

މިހާރު 35،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭއިރު ހުޅުމާލޭގައި އޯޕަން ސަރަހައްދު އިތުުރު ކުރަން މިހާތަނަށް ފޯކަސް ކުރެވިފައެއް ވެސް ނުވެއެވެ. ނަމަވެސް ފޭސް އެކަކާއި ފޭސް ދޭއް ނިމޭއިރު އޯޕަން ސްޕޭސް ބޮލަކަށް ޖެހޭވަރު 2.50 ސްކޮޔާމީޓަރަށް ވުރެ މަދުނުވާނެހެން ހެދުމަކީ ސަރުކާރާއި އެޗްޑީސީގެ މައިގަނޑު އަމާޒެވެ.

ވެރިރަށް މާލެއަކީ ދެލައްކައާ ގާތް ކުރާ އަދަދަކަށް މީހުން ފުނިޖެހިފައިވާ ރަށެކެވެ. މާލޭގެ އޯޕަން ސްޕޭސް ބަލާލި އިރު އޯޕަން ސްޕޭސްގެ ރޭޝިއޯ އުޅެނީ 1.3 ގައި ކަމަށް ހިސާބުން ނަމްބަރުން ދައްކަ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ތަރައްގީވެފައިވާ ފަހުގެ ސިޓީތަކުގައި އެ ނިސްބަތް އުޅެނީ ވެސް ގާތްގަނޑަކަށް އެވަރަށެވެ. އެހެން ކަމުން ހުޅުމާލެ ތަރައްގީ ކުރުމުގައި އޮތް ވިސްނުމާ އެއްގޮތަށް ގެންގޮސްފިނަމަ ހުޅުމާޅެވާނޭ "ކޮލިޓީ" އަދި "ހެލްތީ" އާބާދީއެއްގެ ދިރިއުޅުމަކަށް އަމާޒުކޮށް ތަރައްގީ ކުރާ ސިޓީއަކަށެވެ. އެއީ ރަށްވެހި ކަމުގައި ދިވެހިންނާއި ރާއްޖެއަށް ކާމިޔާބުވެގެންދާނެ ވަރަށް ބޮޑު މައިލް ސްޓޯން އަކަށް ވާނެ އެވެ.

އޯޕަން ސްޕޭސް އުފައްދާ ހެލްތީ ސްޓޭންޑަޑެއްގައި ތަރައްގީ ކުރަން ހަރަދުތަކެއް ހިނގަ އެވެ. އެއާއެކު އޯޕަން ސްޕޭސް ބާއްވަނީ ކީއްވެގެންތޯ ވެސް ބައެއް ކަހަލަ ވިސްނުންތަކުން ސުވާލު އުފެއްދިދާނެ އެވެ. ހަގީގަތުގައި ތަރައްގީވާ ސަހަރުތަކުގައި ދުޅަހެޔޮ ސިއްހަތުގެ ދިރިއުޅުމަށް ޖާގަ ދެނީ އޯޕަން ސްޕޭސް އަށާއި ރިކްރިއޭޝަނަށް ޖާގަ ދީގެނެވެ. ހުޅުމާލޭ މޮޑެލްގައި އެ ވިސްނުން ގެންގުޅެނީ ވެސް އެހެންވެ އެވެ. އެޗްޑީސީން ބުނަނީ ކީކޭ ހެއްޔެވެ؟

"ހުޅުމާލޭ ޕްލޭން ތައްޔާރުކޮށްފައި ވަނީ ސިންގަޕޫރުގެ މާސްޓާ ޕްލޭން މޮޑެލްއަކަށް ބަލައިގެން. ސިންގަޕޫރުގައި ވެސް ފަހުގެ ދިރާސާތަކުން ދައްކާ ގޮތުން ހުޅުވިފައިވާ ޕާކްތަކާއި ސްޕޭސްތައްކާއި ވޯޓާ ސްޕޭސްތައް ތިނެއް ނޫނީ ހަތަރު ގުނަ އިތުރު. އެވަރަށް އިތުރު ކުރުމުން އެ އޭރިއާއެއްގެ ކޮމާޝަލް ވެލިއޫވެސް ހަތަރު ގުނަ އިތުރުވާނެ އެހެންވީމާ ސަރުކާރުން މިކަމަށް ހުޅުމާލޭގައި ކުރާ ހަރަދަކީ ރިކަވަ ކުރެވޭނެ ހަރަދެއް، އޭގެ ކޮމާޝަލް ވެލިއުސް އަންނާނެ،" ސައިމަން ވިދާޅުވި އެވެ.