ފޭރުން

ތޫނު އެއްޗަކުން ހަމަލާދީ ކުއްޖެއްގެ ފޯނު ފޭރި ގަނެފި

އަތް ދަބަހެއް ފޭރި ގަންނަނީ: މިރޭ މާލޭގައި ވަނީ ތޫނު އެއްޗަކުން ހަމަލާދީ ފޯނެއް ފޭރި ގަނެފައި
0%
0%
0%

ތޫނު އެއްޗަކުން ހަމަލާދީ ކުއްޖެއްގެ ފޯނެއް ފޭރި ގަނެފި އެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭ 20:00 ހާއިރު އަބަދަށްފަހި މަގުގަ އެވެ.

ފުލުހުން ބުނީ، ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު ކުއްޖެއްގެ ފޯނު ފޭރިގަތް މައްސަލައެއް ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ. ތޫނު އެއްޗަކުން ހަމަލާދީފައިވަނީ 17 އަހަރުގެ ކުއްޖަކަށެވެ. އަނިޔާވި ކުއްޖާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލްގައި ގެންދަނީ ފަރުވާ ދެމުންނެވެ.

ހަމަލާދިން މީހާ މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް ހަމަލާދިން މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މިސްޓެކް

ނިޝާނަށް ތާއީދު. ތަނަށް ހެޔޮ ހިތުން ހިދުމަތެއް ކޮށްދިނުމުގެ ނިޔަތުގައި ގޮސް ވަން މީހާޔާ ބައްދަލުކުރި ޓީމުން އެމީހާޔާ ދިމާޔަށް ވަރަށް ސީނިއަރ އޮފިސަރަކު ރަސްމީ ހައިސިއްޔަތުން ބުނިކަމަށް ވަނީ، "ތިޔަ އައީ ރީތިބަހުން ބަވަން" ދޯއޭ. އެހާވެސް 'ޕްރޮފެޝަނަލް' ފުލުހުން އުޅޭތަނެއް މީ.

ނިޝާން

އަލުން ހުސައިން ވަހީދު ގެންނަ ހިސާބަށްދާނެ ތިއަރީފަށް ތިތަން ނުހިންގިގެން. ގާބިލް ކަން ހުރިހެނެއް ހީހެއްނުވޭ އަރީފްގެ .އެކަމަކު ނަވާޒް ހީވޭ ލީޑަރޝިޕް ދައްކާނެހެން. މީހުންނާ ކުރިމަތިލާން ކެރޭ މީޑިޔާ އާއި ރައްޓެހި ކެރޭ މީހެއްް އެއީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345