ޕްރިޔާންކާ ޗޯޕްރާ

ސުނީއަށް ޕްރިޔަންކާގެ ހަދިޔާ: އޮފިޝަލީ ޕްރިޔަންކާގެ ރޮކްސްޓާ!

ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ނެށުންތެރިޔާ ސުނީތާ އަލީއަށް އުފަންދުވަހުގެ ތަހުނިއްޔާ ޕްރިޔަންކާ ޗޯޕްރާ ކިޔައިފި އެވެ. ޕްރިޔަންކާ ވަނީ ސުނީތާ އަކީ އޭނާގެ އެއް "ރޮކްސްޓާ" ކަން ރަސްމީކޮށް މިއަދު އިއުލާންކޮށްފަ އެވެ.

ސުނީގެ 37 ވަނަ އުފަން ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ރޭ ސުނީ ވަނީ އޭނާގެ އުފަން ދުވަހުގެ އެންމެ ބޮޑު ހަދިޔާއަކަށް ވާނީ ޕްރިޔަންކާ އޭނާއަށް އުފަން ދުވަހުގެ ތަހުނިޔާ އަދާކުރުން ކަމަށް ބުނެ ޓްވީޓެއްވެސް ކޮށްފަ އެވެ.

ޕްރިޔަންކާގެ ޓްވީޓެއްގެ އިންތިޒާރުގައި ހުރި ސުނީ ހެއްވާލާފައިވަނީ މިއަދު ޕްރިޔަންކާގެ އޮފިޝަލް ޓްވިޓާ އެކައުންޓްކުރި ޓްވިޓާއެކު އެވެ. އެ ޓްވީޓްގައި ޕްރިޔަންކާ ސުނީއަށް އުފަން ދުވަހުގެ ތަހުނިޔާއާއެކު ވަނީ ހާއްސަ ހަދިޔާއެއް ވެސް ދީފަ އެވެ. ހަދިޔާއެއްގެ ގޮތުގައި ޕްރިޔަންކާއަށް ސުނީއަށް ދީފައިވަނީ "ޕްރިޔަންކާގެ ރޮކްސްޓާރު"ންގެ ތެރޭގައި ހިމަނައިދީފައެވެ. އަދި ދާއިރާގައި ކާމިޔާބީއަށް ވެސް ވަނީ އެދިފަ އެވެ.

ސުނީ ވަނީ ޕްރިޔަންކާގެ ރޮކްސްޓާއަކަށް އޭނާ ހެދުމުން އެކަމާ ޝުކުރު އަދާކޮށްފަ އެވެ. އަދި ޕްރިޔަންކާ ދިން އުފަން ދުވަހުގެ ހަދިޔާއަކީ އޭނާއަށް މިހާތަނަށް ލިބުނު އެންމެ ކަމުދިޔަ ބާތްޑޭ ގިފްޓް ކަމަށް ބުނެފަ އެވެ.

މިއަދަކީ ޕްރިޔަންކާއަށާއި ސުނީއަށް އެހެން ގޮތަކުން ވެސް ހާއްސަވާ ދުވަހެކެވެ. މިއަދަކީ ޕްރިޔަންކާގެ މާމަގެ ވެސް އުފަން ދުވަހެވެ. ޕްރިޔަންކާގެ މާމައާ އެއް ދުވަހެއްގައި ސުނީ އުފަން ދުވަސް ފާހަގަ ކުރުމަކީ އޭނާ ލިބޭ އުފަލެކެވެ.