ވިޔަފާރި

މިއަހަރުގެ ފަސްލައްކަ ވަނަ ފަތުރުވެރިޔާ މަރުހަބާ ކިޔައިފި

މިއަހަރުގެ ފަސްލައްކަވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ އެވެ. ފަސް ލައްކަ ވަނަ ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެ އައިސްފައިވަނީ ފްރާންސް މީހެއް ކަމަށްވާ ނިކޮލަސް ލެމްޕެރިން އެވެ.

މިއަދު އޭނާ އާއި އޭނާގެ އަންހެނުން ސެލީން އަދި ދަރިފުޅު ޕޯލް ރާއްޖެ އައިސްފައިވާއިރު، އޭނާއާއި އޭނާގެ އާއިލާއަށް އެއާޕޯޓުން ބައްދަލުކޮށް އެމްއެމްޕީއާރްސީއިން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެގޮތުން އެ އާއިލާއަށް މަރުހަބާ ކިޔުމަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވަނީ އެއާޕޯޓަށް ޒިޔާރަތްކުރައްވާފަ އެވެ.

ފަސް ލައްކަ ވަނަ ފަތުރުވެެރިޔާއަށްވުމުން ނިކޮލަސްއަށް ބަނިޔަންޓްރީ ވައްބިންފަރުގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތާއި ހަނދާނީ ފިލައެއް ވަނީ ހަވާލުކޮށްފަ އެވެ.

"ވިޒިޓް މޯލްޑިވްސް އިޔާ"ގެ ގޮތުގައި މި އަހަރު ރާއްޖެއިން ފާހަގަކުރަމުންދާއިރު، މި އަހަރުގެ އަމާޒަކީ ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން ގެންނައުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.