ހަބަރު

ކަރަށް ވަޅި ހަރައި ޒަހަމްކޮށްލި ކުއްޖާ މަރުވެއްޖެ

  • އޭނާ ޒަހަމްވީ ގްރޫޕް މަރާމާރީއެއްގައި
  • މަރުވެފައި ވަނީ ފަރުވާދޭން ފެށިތާ އިރުކޮޅެއް ނުވެ
  • މާރާމާރީ ހިންގީ މާފަންނުކޮޅުގައި

މާލޭގައި ދެ ގްރޫޕެއްގައި ދެމެދުގައި މިއަދު ހިންގި މާރާމާރީގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ އެވެ. އައިޖީއެމްއެޗުން އެކަން ކަށަވަރުކޮށްދިނެވެ.

އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ އޭނާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކަކަށް ފަރުވާދެމުން ދަނިކޮށް މީގެ ކުޑައިރުކޮޅެއް ކުރިން ކަމަށެވެ.

ޝަހީދު އަލީ ހިނގުމާއި މަޖީދީމަގު ގުޅުނު ސަރަހައްދުގައި މިއަދު ހަވީރު 5:45 އެހާކަން ހާއިރު ހިންގި އެ މަރާމާރީ ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ޒަހަމްވެފައި ވަނީ ގާތްގަނޑަކަށް އުމުރުން 14 އަހަރުގެ ކުއްޖަކު ކަމަށެވެ. އެ ކުއްޖާގެ ކަރަށް ވަޅިއެއް ޖަހާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ ހޭނެތިފަ އެވެ. އޭރު ވެސް އައިޖީއެމްއެޗުން ބުނީ ޕޭޝަންޓް ޝީރިއަސް ކަމަށާއި ފުރާނަ ސަލާމަތް ކުރުމަށް އޮޕަރޭޝަނެއް ކުރަން ޖެހޭތީ އެކަން ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ވަނީ ސަރަހައްދު ބަންދުކޮށް ތަހުގީގު ފަށައިފަ އެވެ. ފުލުހުން ބުނީ، މިއީ ދެ ގްރޫޕެއްގެ ދެމެދު ހިންގި މަރާމާރީއެއް ކަމަށެވެ. ތަފްސީލް އަންނަނީ..