ހަބަރު

ޒަހަމްކޮށްލި ދެވަނަ ކުއްޖާ ވެސް މަރުވެއްޖެ

މިރޭ ޒަހަމްކޮށްލި ދެވަނަ ކުއްޖާ ވެސް މަރުވެއްޖެ އެވެ. އޭނާ މަރުވެފައިވަނީ މިރޭ 10:30 ހާއިރު ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ، ޒަހަމްކޮށްލައިގެން މިރޭ އެ ހޮސްޕިޓަލަށް ގެނައި ދެވަނަ ކުއްޖާ ވެސް މަރުވެފައިވާ ކަމަށެވެ. އޭނާ މަރުވީ މިރޭ 10:30 ހާއިރު ކަމަށެވެ. މަރުވެފައިވަނީ 14 އަހަރުގެ ކުއްޖެކެވެ.

ފުލުހުން ބުނީ މި 14 އަހަރުގެ ކުއްޖާއަކީ މާފަންނު ކޮޅުގައި ހުރި ގެއެއްގެ ތެރޭގައި މިރޭ ހިނގި މާރާމާރީގައި ޒަހަމްވި ކުއްޖާ އެވެ.

މިއަދު އިރުއޮއްސުނު ވަގުތު މާފަންނުކޮޅުގައި ހިނގި މާރާމާރީއެއްގައި ޒަހަމްވި 14 އަހަރުގެ ކުއްޖާ ފަރުވާދެނިކޮށް ވަނީ މަރުވެފަ އެވެ.