ހަބަރު

އަނެއްކާވެސް މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

އިއްޔެ ދެ ކުއްޖެއްގެ ގަޔަށް ވަޅި ހަރައި މަރާލާފައިވަނިކޮށް، އިތުރު މީހެއްގެ ގަޔަށް މިއަދު ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ. މި މާރާމާރީ ހިނގާފައިވަނީ މިއަދު 3:30 ހާއިރު އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، މާލޭގައި މާރާމާރީއެއްގައި ހިނގާ، މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ.

އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ، މިއަދު 3:40 ހާއިރު އެ ހޮސްޕިޓަލަށް މާރާމާރީއެއްގައި ޒަހަމްވި ޒުވާނަކު ގެނެސް ފަރުވާދޭން ފަށާފައިވާ ކަމަށެވެ.

މާރާމާރީގައި އަނިޔާވި 24 އަހަރުގެ ފިރިހެނަކަށެވެ. އެމީހާއަށް އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓާގައި ދަނީ ފަރުވާދެމުންނެވެ. ޒީނަތު ވިދާޅުވީ، ވަޅި ހަރާފައިވަނީ ޒުވާނާގެ ވާތު ފައިގެ ފަލަ މަސްގަނޑަށް ކަމަށެވެ. އޭނާގެ ލޭމަނާ ނުވާ ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ. ނަމަވެސް އޭނާ ވާހަކަ ދައްކާ ކަމަށް ޒީނަތު ވިދާޅުވި އެވެ.