މާރާމާރީ ހިންގުން

ދެ މަރަށްފަހު ހައްޔަރުކުރި 19 މީހުން ދޫކޮށްލައިފި

މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކުރި 19 މީހުން ދޫކޮށްލައިފި އެވެ. މި 19 މީހުން ހައްޔަރުކުރީ ހުކުރު ދުވަހުގެ ރޭ 14 އަހަރުގެ ދެ ކުދިންނަށް ވަޅިން ހަމަލާދީ މަރާލާފައި ވަނިކޮށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ އެންމެން ވެސް ދޫކޮށްލާފައިވަނީ ބަންދުގައި އިތުރަށް ބޭތިއްބޭ ވަރަށް ހެކި ނެތިގެން ކަމަށާއި ދޫކޮށްލާފައިވަނީ 24 ގަޑިއިރު ބަންދުގަިއ ބޭތިއްބުމަށްފަހު ކޯޓަށް ހާޒިރު ނުކޮށް ކަމަށެވެ.

ދެ މަރަށްފަހު ހިންގި އޮޕަރޭޝަނުގައި ތިން ގެއެއް ބަލައި ފާސްކޮށް 19 މީހުން ހައްޔަރުކުރިއިރު ފުލުހުން ބުނެފައިވަނީ އެމީހުންނަކީ ދެ މަރާ ގުޅިގެން ހައްޔަރުކުރި ބައެއް ނޫން ކަމަށެވެ. ދެ ކުދިންގެ މަރާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެ ދެ މާރާމާރީއެއްގައި ދެ ކުދިން މަރުވެފައިވާއިރު އިއްޔެ ވެސް ވަނީ މީހެއްގެ ފަޔަށް ވަޅި ހަރާ ޒަހަމްކޮށްލާފަ އެވެ.