ފިސްތޯލައެއް ގެންގުޅުނު ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ހުކުމް އިއްވުން މިރެއަށް ތާވަލްކޮށްފި އެވެ. ހުކުމް އިއްވުމަށް މިރޭ 8:00 ގައި އަޑުއެހުމެއް ވަނީ ތާވަލްކޮށްފަ އެވެ.
އަދީބަށް ހުކުމް އިއްވުމަށް ބާއްވާ މި އަޑުއެހުމަށް އާންމުނަށާއި ނޫސްވެރިންނަށް ނުވަދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ. އަޑުއެހުން ސިއްރުކޮށްފައިވަނީ ގައުމީ ސަލާމަތަށްޓަކަ އެވެ.
ފިސްތޯލަ ގެންގުޅުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން އަދީބުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އެވެ. މޭޑޭގެ ކުރީ ދުވަހު އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ހެކިވެރިން ހެކި ބަސް ދީފައިވެ އެވެ.